logo
MPL

MPL

ޚަބަރު

ރަސްމާލެއާއެކު ފެށިގެން މިދަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް، ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
28 އޮކްޓޯބަރު 2026 - 18:08
ރަސްމާލެއާއެކު ފެށިގެން މިދަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް، ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް: ރައީސް

ރަސްމާލެ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢާއެކު ރާއްޖޭގައި ފެށިގެން މިދަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް ކަމަށާއި، ކުރިއަށް އޮތް 2 އަހަރު ދުވަހަކީ ތާރީޚު ދެކެފައި ނުވާ މިންވަރަށް ރައްޔިތުންނަށް ފުރަތަމަ ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ ދުވަސްތަކެއް ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އަދި އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމެވެ. އަދި ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން އެއްވެސް އަސާސެއް ނެތި މުޖުތަމަޢުގައި ފަތުރަމުންދާ ވާހަކަތަކުގެ ޙަޤީޤަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ހުރިހާ ކަމަކާ ދެކޮޅުހަދާ ބަޔަކު އުޅުނު ނަމަވެސް، ކަންކަމުގެ ރަނގަޅު ގޮތާއި ނުބައި ގޮތް ވަކިކޮށް ދެނެގަންނަ ބަޔަކު މުޖުތަމަޢުގައި ތިބި ކަމަށެވެ. އެހެންކަމުން ރަސްމާލެ މަޝްރޫޢުގެ ސަބަބުން ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، މި މަޝްރޫޢުން ރައްޔިތުންނަށް ލިބޭނީ ފައިދާ ކަމުގައި އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ ޕޮޑްކާސްޓް "ދަ ޕަލްސް" ގައިވެސް މި މަޢުޟޫޢުގައި ދެއްވި ތަފްޞީލުތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢު ކުރިއަށްދާ ގޮތާމެދު ރައްޔިތުންގެ ހިތްތަކުގައި ފިތުނައާއި ބިރުވެރިކަން އުފެދޭ ގޮތަށް ދައްކާ އެއްވެސް ވާހަކައެއްގައި ޙަޤީޤަތެއް ނެތް ކަމަށެވެ. މީގެއިތުރުން އިޒްރޭލާ ދެކޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުން މިސާލު ނަންގަވަމުން، ކަންކަން އެގޮތުގައި ސާބިތުކަމާއެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

ރަސްމާލޭގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރުމުގެ ސަބަބުން ތަރައްޤީގެ ދުވެލި އިތުރަށް ހަލުވިވެ ކަށަވަރުވެގެންދާނެ ގޮތްތައް ބަޔާންކޮށްދެއްވަމުން ރައީސް ވިދާޅުވީ، ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބެން އޮތް ބޯހިޔާވަހިކަމުގެ އެއްވެސް ފުރުޞަތެއް ހަނިވެގެން ނުދާނެ ކަމަށެވެ. އަދި ރަސްމާލެއިން ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ހުރިހާ ގިންތިއަކުން ޝަރުތުހަމަވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ ބިޔަ މަޝްރޫޢުތައް ސަރުކާރުން ހިންގަމުންދަނީ ދަޢުލަތުގެ ބޮލުގައި އެއްވެސް ދަރަންޏެއް ނޭޅޭނެ ފަދަ އީޖާދީ އުޞޫލުތަކެއްގެ ދަށުންކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިމަގުގައި ލިބެން ހުރި އާމްދަނީ (ފިއުޗަރ ރެވެނިއު) ބޭނުންކޮށްގެން ނުވަތަ ބިން ދޫކުރާ އުޞޫލުން އިންވެސްޓަރުން މެދުވެރިކޮށް ހިންގާ މި މަސައްކަތްތަކަކީ ސީދާ ރައްޔިތުންނަށް އޭގެ ފުރިހަމަ ލާބައާއި މަންފާ ލިބޭނެ ކަންކަން ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިއްޙީ ނިޒާމަށް ބޮޑު ބަދަލެއް، 'މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް' އުފައްދަނީޚަބަރު | ގަޑިއިރެއް ކުރިންރަސްމާލެއާއެކު ފެށިގެން މިދަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް، ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް: ރައީސްޚަބަރު | ގަޑިއިރެއް ކުރިން2027 ގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ފެށިފައިވާ މަޝްރޫޢުތަކުގެ 70 އިންސައްތަ ނިންމުން: ރައީސްޚަބަރު | ގަޑިއިރެއް ކުރިންޗައިނާ އަކީ ރާއްޖޭގެ ތަސައްވުރު ހާސިލްކުރުމަށް މުހިންމު ބައިވެރިއެއް: ރައީސްޚަބަރު | 11 ގަޑިއިރު ކުރިން