logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްފަންނު ތަރައްޤީކުރުމުގެ މަސައްކަތް: ފެންހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައިފި

އާމިނަތު ޝަފާ
27 އޮކްޓޯބަރު 2025 - 06:39
ރަސްފަންނު ތަރައްޤީކުރުމުގެ މަސައްކަތް: ފެންހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައިފި

 ރަސްފަންނު ތަރައްޤީ ކުރުމުގެ މަސައްކަތްތަކުގެ ދަށުން އެ ސަރަހައްދުގެ ފެންހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައިފިއެވެ.

ރަސްފަންނުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ،  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި މާލެ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއެވެ.

އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ރަސްފަންނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮއްޓަށް ބައެއް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމާއި ރަސްފަންނު ސަރަހައްދުގައި ފެން ހިންދާ ރަނގަޅު ނިޒާމެއްގެ ހެދުމުގެ މަސައްކަތް ކުރުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ، އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ބައެއް އާއްމު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތެވެ.

ރަސްފަންނު ހުޅުވާފައި ވަނީ 2016 ވަނަ އަހަރުއެވެ.

ރަސްފަންނާއި ސަލްޓަންޕާކު މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް، މި އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ދެ ތަންވެސް މިހާރަށްވުރެ ފުރިހަމައަށް ތަރައްގީ ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލެއަށްވިޔަފާރި | 6 ދުވަސް ކުރިންހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ބައެއް ލަފާފުރުމަށް ހުޅުވާލައިފިޚަބަރު | 13 ދުވަސް ކުރިންމާލެ ޓެކްސީ އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރަށް ނެރެފި، އެންޑްރޮއިޑް ވަރޝަން ވެސް ވަރަށް އަވަހަށް ނެރޭނެޚަބަރު | 21 ދުވަސް ކުރިންބޮޑުތަކުރުފާނު މަގު މަސައްކަތް: 400 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށްފިޚަބަރު | މަހެއް ކުރިން