logo
Bank of Maldives

Bank of Maldives

ޚަބަރު

ބޮޑުތަކުރުފާނު މަގު މަސައްކަތް: 400 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށްފި

އައިޝަތު ނަޝާ
21 މޭ 2026 - 03:51
ބޮޑުތަކުރުފާނު މަގު މަސައްކަތް: 400 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށްފި

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ މަޝްރޫޢުގެ ބޮޑު ބައެއް ނިމި، މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން، ސެގްމަންޓް 2، 3 އަދި 4 އެއްކޮށް ޖުމްލަ 400 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. މިއީ އެ ސަރަހައްދުގައި ކުރަންޖެހޭ ޝީޓް ޕައިލް ކުރުމުގެ މަސައްކަތުގެ 76 އިންސައްތައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޝްރޫޢުގެ ތަފްޞީލުތަކަށް ބަލާއިރު، ކީވޯލް ކެޕިންގގެ މަސައްކަތްތައް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ފަށާފައެވެ. މީގެ އިތުރުން، ސެގްމަންޓް 4 ގައި ހިމެނޭ ދުވާރު ހެދުމުގެ މަސައްކަތާއި، އެ ސަރަހައްދުގައި ގާއިމުކުރާ ޕަންޕް ސްޓޭޝަންގެ ވަޅު ބެހެއްޓުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

އެމްޓީސީސީން އިތުރަށް ބުނެފައިވަނީ، ބޮޑުތަކުރުފާނު މަގުގެ ނަރުދަމާގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މި ހަފުތާގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މީގެ އިތުރުން، މަގުގައި ފެން ހޮޅި އެޅުމާއި، ފެން ހިންދާ ވަޅުތައް ހެދުމުގެ މަސައްކަތްވެސް ހުއްޓުމެއް ނެތި ކުރިއަށްދެއެވެ. އަދި އެންކަރ ބްލޮކްތަކާއި ކީވޯލް ޕެނަލްތައް ހަރުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

މި މަޝްރޫޢަކީ މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، މަގުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުތަކުރުފާނު މަގު މަސައްކަތް: 400 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންބޮޑުތަކުރުފާނު މަގު ސެގްމަންޓް 5 ގެ މުހިންމު މަސައްކަތްތައް ނިންމާލައިފި، އަންނަ ހަފުތާގައި ތާރު އަޅަން ފަށަނީޚަބަރު | މަހެއް ކުރިންމާލޭ ޓެކްސީ ލައިންގެ ވެބްއެޕް މެދުވެރިކޮށް، އަގު ނަގަން ފަށައިފިޚަބަރު | މަހެއް ކުރިންސުނާމީ ބިނާ ސަރަޙައްދު މަރަމާތުކުރުމުގެ އަމަލީ މަސައްކަތް ނިންމާލައިފިޚަބަރު | މަހެއް ކުރިން