logo
ފިނޭންސް މިނިސްޓަރުގެ މަގާމަށް ހަސަން ޒަރީރު އައްޔަން ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

ބޮޑުތަކުރުފާނު މަގު ސެގްމަންޓް 5 ގެ މުހިންމު މަސައްކަތްތައް ނިންމާލައިފި، އަންނަ ހަފުތާގައި ތާރު އަޅަން ފަށަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
23 އޭޕްރީލު 2026 - 02:52
ބޮޑުތަކުރުފާނު މަގު ސެގްމަންޓް 5 ގެ މުހިންމު މަސައްކަތްތައް ނިންމާލައިފި، އަންނަ ހަފުތާގައި ތާރު އަޅަން ފަށަނީ

މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ހަދަމުންދާ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫޢަކީ މާލޭގެ އެންމެ ބާރުބޮޑު އެއް ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޓީސީސީން ބުނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމާއި، ކުއީވޯލް ސައިޑް ކަރބްސްޓޯން އިންސްޓޯލްކުރުމުގެ އިތުރުން ކޭބަލް ޖަންކްޝަންތަކާއި ސްޓޯމްވޯޓަރ އިންސްޓޯލްކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މި މަސައްކަތްތައް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

އަންނަ ހަފުތާގައި ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ ސަބް ބޭސް ތައްޔާރުކުރުމާއި، އޭބީސީ އެޅުން ފަދަ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާއިރު، މިހާތަނަށް 243 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލްކޮށް ވަނީ ނިންމާފައެވެ. ބޮޑުތަކުރުފާނު މަގު ހެދުމުގެ 5 ވަނަ ސެގްމެންޓްގެ މުޅި މަސައްކަތުގެ 47 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ތިންވަނަ ބައިގެ ދަށުން މަސައްކަތް ކުރިއަށްދަނީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 700 މީޓަރުގެ ސަރަޙައްދުގައެވެ. މީގެ ތެރޭގައި 610 މީޓަރުގެ އެއްގަމު ތޮށި އައުކޮށް ތަރައްޤީކުރުންވެސް ހިމެނެއެވެ. މަގުގެ އައު ފަރުމާގެ ދަށުން މަގު ގާތްގަނޑަކަށް 6 މީޓަރު ބޭރަށް ޖައްސައި، ކުރިއަށްވުރެ ބޮޑަށް ފުޅާކުރެވިގެންދާނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ފެރީ ލޯންޗުތަކާއި، މުދާ އުފުލާ ބޮޑެތި ބޯޓުފަހަރާއި، މަސް ދޯނިތައް އަޅާ ސަރަހައްދުތަކުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މިހާތަނަށް މަސައްކަތް ނިމިފައިވާ ސަރަހައްދުތަކުން ޓްރެފިކް ފްލޯއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. މިހާރު ކުރިއަށްދަނީ އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މި މަގުގެ ފަހު 4 ސެގްމަންޓުގެ މަސައްކަތްތަކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ޓެކްސީ އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރަށް ނެރެފި، އެންޑްރޮއިޑް ވަރޝަން ވެސް ވަރަށް އަވަހަށް ނެރޭނެޚަބަރު | 5 ދުވަސް ކުރިންބޮޑުތަކުރުފާނު މަގު މަސައްކަތް: 400 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށްފިޚަބަރު | 18 ދުވަސް ކުރިންބޮޑުތަކުރުފާނު މަގު ސެގްމަންޓް 5 ގެ މުހިންމު މަސައްކަތްތައް ނިންމާލައިފި، އަންނަ ހަފުތާގައި ތާރު އަޅަން ފަށަނީޚަބަރު | 2 މަސް ކުރިންމާލޭ ޓެކްސީ ލައިންގެ ވެބްއެޕް މެދުވެރިކޮށް، އަގު ނަގަން ފަށައިފިޚަބަރު | 2 މަސް ކުރިން