logo
Bank of Maldives

Bank of Maldives

ޚަބަރު

މާލެ ޓެކްސީ އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރަށް ނެރެފި، އެންޑްރޮއިޑް ވަރޝަން ވެސް ވަރަށް އަވަހަށް ނެރޭނެ

މަރިޔަމް މާޙީ
3 ޖޫން 2026 - 04:29
މާލެ ޓެކްސީ އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރަށް ނެރެފި، އެންޑްރޮއިޑް ވަރޝަން ވެސް ވަރަށް އަވަހަށް ނެރޭނެ

މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން މިދިޔަ އޭޕްރީލް މަހު އިފްތިތާޙުކުރި "މާލެ ޓެކްސީ ލައިން" (އެމް.ޓީ.އެލް) ގެ މޮބައިލް އެޕްލިކޭޝަން، މިހާރު އެޕަލް އެޕް ސްޓޯރުން އައިފޯން ބޭނުންކުރާ ފަރާތްތަކަށް ލިބެން ފަށައިފިއެވެ.

%100 ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތައް ބޭނުންކޮށްގެން ދޭ މި ހިދުމަތަކީ ރައްކާތެރި އަދި އިތުބާރު ހުރި ހިދުމަތަކަށްވާއިރު، އަލަށް ތައާރަފުކުރި މި އެޕްލިކޭޝަން ނުވަތަ ކިއުއާރު ކޯޑެއް މެދުވެރިކޮށް މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޓެކްސީ ބުކް ކުރެވޭނެ ކަމަށް އެމް.ޓީ.ސީ.ސީ އިން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

ތިން ސައިޒެއްގެ 150 އުޅަނދާއެކު ފެށި މި ހިދުމަތުގައި ފުރަތަމަ މަހު އެކަނިވެސް 13،000 އަށްވުރެ ގިނަ ދަތުރު ކޮށްފައިވާއިރު، އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ އެޕްލިކޭޝަން ވެސް ވަރަށް އަވަހަށް ގޫގުލް ޕްލޭ ސްޓޯރަށް ނެރޭނެއެވެ.

އަދި އެ އެޕްލިކޭޝަން ނެރުމާ ހަމައަށް އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކުން އެމް.ޓީ.އެލް ގެ ވެބް އެޕްލިކޭޝަން ނުވަތަ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ހިދުމަތަށް އެދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މި އައު އެޕްލިކޭޝަނަކީ ރައްޔިތުންނަށް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ޓެކްސީ އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރަށް ނެރެފި، އެންޑްރޮއިޑް ވަރޝަން ވެސް ވަރަށް އަވަހަށް ނެރޭނެޚަބަރު | 2 ގަޑިއިރު ކުރިންބޮޑުތަކުރުފާނު މަގު މަސައްކަތް: 400 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށްފިޚަބަރު | 13 ދުވަސް ކުރިންބޮޑުތަކުރުފާނު މަގު ސެގްމަންޓް 5 ގެ މުހިންމު މަސައްކަތްތައް ނިންމާލައިފި، އަންނަ ހަފުތާގައި ތާރު އަޅަން ފަށަނީޚަބަރު | މަހެއް ކުރިންމާލޭ ޓެކްސީ ލައިންގެ ވެބްއެޕް މެދުވެރިކޮށް، އަގު ނަގަން ފަށައިފިޚަބަރު | 2 މަސް ކުރިން