logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސްގެ އައްޑޫ ދަތުރުފުޅުގެ ތެރެއިން ވެސް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް

އިސްމާޢިލް ރާތިޢު
5 ނޮވެމްބަރު 2025 - 06:08
ރައީސްގެ އައްޑޫ ދަތުރުފުޅުގެ ތެރެއިން ވެސް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް

"ރައްޔިތުންނާ ގާތަށް" ވަޑައިގެން، ރައްޔިތުންގެ ޙާލު ބައްލަވާ، ރައްޔިތުންނަށް ބޭނުންވެފައިވާ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވުމަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ހުޅުދޫ އަދި މީދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވައިފިއެވެ.

އެގޮތުން އެންމެ ފުރަތަމަ ފެށިގެންދިޔައީ އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުމެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއަށްފަހު ކުރިއަށްދިޔައީ ބީއެމްއެލް އައްޑޫ ހުޅުދޫ ބްރާންޗްގެ ބިންގާއެޅުމެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތއް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ. މި މަސައްކަތަކީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ބީއެމްއެލްގެ ޚިދުމަތް، ދިވެހި އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ތިންވަނައަށް ފެށިގެންދިޔައީ އައްޑޫ މީދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތެވެ. މި މަސައްކަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތއް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ. މިއީ، ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މަޝްރޫޢެކެވެ.

އަދި އެއަށްފަހު، ހުޅުމީދޫގައި ޤާއިމްކުރެވޭ ވޭސްޓް މެނޭޖްމަންޓު ސެންޓަރުގެ ބިންގާއެޅުން ކުރިއަށްދިޔައެވެ. މި ސެންޓަރުގެ ބިންގާވެސް އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތއް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.

އެންމެ ފަހު ކަމަކަށް އޮތީ އައްޑޫ ހުޅުމީދޫގައި ބެހެއްޓުނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ދޭން ފެށުމެވެ. މި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި ހުރިހާ ރަސްމިއްޔާތެއްވެސް ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޢިއްޒެވެ. މަޝްރޫޢުތައް އިފްތިތާޙުކުރުމަށްފަހު ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ރައީސްޚަބަރު | 8 ގަޑިއިރު ކުރިންގިރިފުށީ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފިޚަބަރު | ދުވަހެއް ކުރިންސިފައިންގެ އަސާސީ ތަމްރީން ކޯސް ނިންމި 2 ބެޗެއްގެ ދަރިވަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިޚަބަރު | ދުވަހެއް ކުރިން"އައްޑުއަތޮޅު ހަންކެޑެ" ތަރައްޤީކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް ކުންފުންޏެއް އުފައްދަވައިފިޚަބަރު | ދުވަހެއް ކުރިން