logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ ހިތަދޫ ފްލެޓަކުން ކުޑަ އަންހެން ކުއްޖަކު ވެއްޓިއްޖެ

ޢައްފާން މުޙައްމަދު
5 ނޮވެމްބަރު 2025 - 08:56
އައްޑޫ ހިތަދޫ ފްލެޓަކުން ކުޑަ އަންހެން ކުއްޖަކު ވެއްޓިއްޖެ

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފްލެޓަކުން ކުޑަކުއްޖަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ، ކުއްޖާ ވެއްޓިފައިވަނީ ހިތަދޫގެ 14 ވަނަ ފްލެޓުގެ ދެވަނަ ފަންގިފިލާއިން ރޭ ދަންވަރު ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 12:00 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ހާދިސާގައި ވެއްޓިފައިވަނީ 15 އަހަރުގެ އަންހެން ކުއްޖެއް ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

އެ ކުއްޖާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނައިރު، އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް އެ ކުއްޖާ މިހާރު ސްޓޭބަލްކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

އައްޑޫ ފްލެޓަކުން ކުއްޖަކު ވެއްޓި އަނިޔާވެފައިވާއިރު، އަންގާރަ ދުވަހުގެރޭ މާލޭ މާފަންނުގައި ހުންނަ ގެއެއްގެ 6 ވަނަ ފަންގިފިލާގެ ވައިގޮޅިން އަންގާރަ ވެއްޓުނު މީހަކު ވަނީ ނިޔާވެފައެވެ. ޔާވެފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ ފިރިހެނެކެވެ.

މީގެއިތުރުން، މި މަހުގެ އެއްވަނަ ދުވަހު، ހުަލުމާލެ ދެވަނަ ފިޔަވަހީގައި ހުންނަހިޔާ ޓަވަރު އަށަކުން މީހަކު ވެއްޓި ނިޔާވެފައިވާ ކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. އެ ދުވަހު ވެއްޓިފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ ވެއްޓުނީ އަށްވަނަ ޓަވަރުގެ 14 ވަނަ ފަންގިފިލާއިންކަމަށް ފުލުހުން ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހަކު ގެއްލިގެން ހޯދަނީޚަބަރު | 4 ގަޑިއިރު ކުރިންމަހުދީގެ މަރު: ފުލުހުންގެ ހާއްސަ ތަހުގީގެއް ކުރިއަށް!ޚަބަރު | ދުވަހެއް ކުރިންމާލޭގެ ޓްރެފިކް ބާރުބޮޑުވާ 12 ސަރަހައްދެއް ބެލެހެއްޓުމަށް ފުލުހުން ހާއްސަ ހަރަކާތެއް ފަށައިފިޚަބަރު | 3 ދުވަސް ކުރިންޑައިމޯފިން ޓްރެފިކްކުރި މީހަކު 25 އަހަރަށް ޖަލަށްލައި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިޚަބަރު | 3 ދުވަސް ކުރިން