logo
Bank of Maldives

Bank of Maldives

ޚަބަރު

ގެދޮރުވެރިޔާ ސްކީމްގެ ނަމުގައި ސްކޭމް ލިންކު ތަކެއް, ސަމާލުވޭ!

އައިޝަތު ނަޝާ
5 ނޮވެމްބަރު 2025 - 12:29
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ ޢިމާރަތްކުރާ 4،000 ފްެލެޓްތައް -- ފޮޓޯ: މިހާރު
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ ޢިމާރަތްކުރާ 4،000 ފްެލެޓްތައް -- ފޮޓޯ: މިހާރު

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ހިންގާ "ގެދޮރުވެރިޔާ" ސްކީމްގެ ނަމުގައި އޮޅުވާލައި، ފިޝިން ލިންކުތައް ބޭނުންކޮށްގެން އާންމުންގެ ފައިސާ ފޭރޭ ސްކޭމްތަކެއް ހިންގަމުންދާތީ، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.

މިއީ ގެދޮރުވެރިޔާ ސްކީމްގެ ފޯމެއް ކަމަށް ބުނެ ފޮނުވާ ލިންކުތަކުން އާންމުންގެ އެކައުންޓުތަކަށް ވަދެ، ބޭންކު އެކައުންޓުތަކުގައި ހުންނަ ފައިސާ ވަގަށް ނެގުމަށް ހިންގާ ސްކޭމެކެވެ.އެންޓި ސްކޭމް ސެންޓަރުން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ، ސްކޭމަރުން ސައްހަ ނޫން ބޯހިޔާވަހިކަމުގެ އިއުލާންތައް ނުވަތަ އެޕްލިކޭޝަން އަލުން ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށް ބުނެ އެކި ފަރާތްތަކަށް ލިންކުތައް ފޮނުވައިގެން ޖީމެއިލް އެކްސެސް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

Screenshot 2025-11-05 180720.png

ފުލުހުން ބުނީ، މި ލިންކަކީ ފިޝިން ލިންކެއް ކަމަށާއި، މިފަދަ ލިންކުތަކަށް ވަނުމުން، ސްކޭމަރުންނަށް އެ މީހެއްގެ ޖީމެއިލަށް ވަދެވޭ ކަމަށެވެ. އަދި އެއަށްފަހު، މެއިލް މެދުވެރިކޮށް އިންޓަނެޓް ބޭންކިންގެ އޯޓީޕީ ހޯދައި، ބޭންކް އެކައުންޓުގައި ހުންނަ ހުރިހާ ފައިސާއެއް ވަގުތުން ނަގާ ކަމަށް އެ މުއައްސަސާއިން ހާމަކޮށްފައިވެއެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން، ޝައްކު އުފެދޭ އެއްވެސް ލިންކަކަށް ނުފިތުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. މީގެ އިތުރުން، ގެދޮރުވެރިޔާ ސްކީމާ ގުޅުންހުރި ރަސްމީ މުޢާމަލާތްތައް ހަމައެކަނި ކުރެވޭނީ ގެދޮރުވެރިއާ ޕޯޓަލް އަދި ކަށަވަރުކޮށްފައިވާ ވެބްސައިޓުތަކުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. ޖީމެއިލްއާއި ބޭންކިން އެޕްތަކުގައި ޓޫ-ފެކްޓާ އޮތެންޓިކޭޝަން އެކްޓިވޭޓް ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސްކޭމްތަކަށް ސަމާލުވުމަށް މެދުކެނޑުމެއްނެތި ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން އިލްތިމާސްކުރަމުން އަންނަ ނަމަވެސް، މި ފަދަ ސްކޭމްތަކުގައި ޖެހޭ މީހުންގެ އަދަދު ވަރަށް ގިނަ އެވެ.

ބޭންކުތަކުން އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އޯޓީޕީ ހޯދުމަށް އެއްވެސް ފަރާތަކަށް ނުގުޅާނެކަމަށް އެންޓި ސްކޭމް ސެންޓަރުން ބުނެފައި ވެއެވެ. ވުމާއެކު، އާންމުންގެ ރައްކާތެރިކަމަށްޓަކައި، މިފަދަ ސްކޭމްތަކަށް ސަމާލުވެ، ފައިސާގެ މުޢާމަލާތްތަކުގައި ބޮޑު ސަމާލުކަމެއް ދިނުމަކީ ކޮންމެހެން މުޙިއްމު ކަމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިިދިޔަ މަހު ގެއްލިގެންހޯދާފައިވާ މުދަލުގެ އަގު  ފަސް މިލިއަނަށް އަރާޚަބަރު | 18 ގަޑިއިރު ކުރިންގެދޮރުވެރިޔާ ސްކީމްގެ ނަމުގައި ސްކޭމް ލިންކު ތަކެއް, ސަމާލުވޭ!ޚަބަރު | 19 ގަޑިއިރު ކުރިންއައްޑޫ ހިތަދޫ ފްލެޓަކުން ކުޑަ އަންހެން ކުއްޖަކު ވެއްޓިއްޖެޚަބަރު | ދުވަހެއް ކުރިންސިނގިރޭޓުގެ ބޮޑު ވައްކަމުގެ ހީލަތްތެރި ''ޕްލޭން'' ހާމަކޮށްފިޚަބަރު | 2 ދުވަސް ކުރިން