logo
Bank of Maldives

Bank of Maldives

ޚަބަރު

ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި ތެޔޮ ވިއްކާކަމުގެ ތުހުމަތުގައި ހުޅުމާލެ އިން ބަޔަކު ހައްޔަރުކޮށްފި

އާމިނަތު ޝަފާ
6 ނޮވެމްބަރު 2025 - 10:34
ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި ތެޔޮ ވިއްކާކަމުގެ ތުހުމަތުގައި ހުޅުމާލެ އިން ބަޔަކު ހައްޔަރުކޮށްފި

މޯލްޑިވްސް ފުޑް ޑްރަގް އެންޑް ޑްރަގް އޮތޯރިޓީ އިން އަންގާފައިވާ ގޮތާ ހިލާފަށް، ރިސޯޓުތަކުގައި ބޭނުންކޮށް އުކައިލާ ތެޔޮ ވިއްކަމުންދާކަމުގެ ތުހުމަތުގައި ހުޅުމާލެ އިން ބަޔަކު ހައްޔަރުކޮށްފިއެވެ.

ރޭ ދަންވަރު އެ މީހުން ހައްޔަރުކޮށްފައިވަނީ އެމްޕީއެލް ކޮންޓެއިނަރ ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި ޕިކަޕަކަށް އަރުވަމުންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައިކަމަށް ފުލުހުން މައުލޫމާތުދެވެެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ފަސް މީހުންނެވެ. ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށް، ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލައިފާސްކުރިއިރު ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި 46 ހަން ތެޔޮ ފެނިފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު އެކަކު ދޫކޮށްލައި، ދެންތިބި ހަތަރު މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިކަމަށް ފުލުހުން މައުލޫމާތުދެއެވެ. 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަލް އަމީން ބޮޔަޓި (37އ) އާއި، ދުލާލް މިއާހް (32އ) އާއި، މޮހަންމަދު ރަސެލް މިއާހް (34އ) އާއި، މަންވަރު ހޮސައިން (45އ) އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އޮކްޓޯބަރު މަހު ވޭޕްއާ ގުޅޭ 25 މައްސަލައެއްޚަބަރު | 3 ގަޑިއިރު ކުރިންރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި ތެޔޮ ވިއްކާކަމުގެ ތުހުމަތުގައި ހުޅުމާލެ އިން ބަޔަކު ހައްޔަރުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންމަސްތުވާތަކެތި ހިފައިގެން ރަށަށް އެރިތަނުން "ޓިކްޓޮކް ބާއްކޮ" ހައްޔަރުކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންމިިދިޔަ މަހު ގެއްލިގެންހޯދާފައިވާ މުދަލުގެ އަގު  ފަސް މިލިއަނަށް އަރާޚަބަރު | ދުވަހެއް ކުރިން