logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ އޮކްޓޯބަރު މަހު ވޭޕްއާ ގުޅޭ 25 މައްސަލައެއް

އިސްމާޢިލް ރާތިޢު
6 ނޮވެމްބަރު 2025 - 11:46
ވޭޕްކުރުން  މަނާވުން -- މެންދުރު ގްރެފިކްސް
ވޭޕްކުރުން މަނާވުން -- މެންދުރު ގްރެފިކްސް

މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ވޭޕް/ އީ-ސިގިރޭޓްގެ 25 މައްސަލައެއް ފާހަގަވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ވާގޮތުން ވޭޕް/ އީ-ސިގިރޭޓްގެ 25 މައްސަލައެއްގައި 35 މީހަކު ޖޫރިމަނާކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ވޭޕް/ އީ-ސިގިރޭޓް ގެންގުޅުމުގެ ފަސް މައްސަލައެއްގައި 15 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި ވޭޕް/ އީ-ސިގިރޭޓް ގެންގުޅުމުގެ 15 މައްސަލައެއްގައި 19 މީހަކު ޖޫރިމަނާކޮށްފައި ވާކަމަށް ފުލުހުންގެ ތަފާސްހިސާބުތައް ދައްކައެވެ. މީގެ އިތުރުން ވޭޕް/ އީ-ސިގިރޭޓް ގަނެވިއްކުމުގެ ދެ މައްސަލައެއްގައި އެކަކު ޖޫރިމަނާކޮށްފައިވާއިރު އެހެނިހެން ތިން މައްސަލައެއް ފުލުހުންގެ ތަފާސްހިސާބުތަކުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލަތަކުގައިކޮށްފައިވާ ޖޫރިމަނާގެ އަގުތަކަށް ބަލާއިރު، ވޭޕް/ އީ-ސިގިރޭޓް ގެންގުޅުމުގެ މައްސަލަތަކުގައި 104،000 ރުފިޔާގެ ޖޫރިމަނާ ކޮށްފައިވާއިރު، ވޭޕް/ އީ-ސިގިރޭޓް ގެންގުޅުމުގެ މައްސަލަތަކުގައި 97،000 ރުފިޔާގެ ޖޫރިމަނާ ކޮށްފައިވެއެވެ. އަދި ވޭޕް/ އީ-ސިގިރޭޓް ގަނެވިއްކުމުގެ މައްސަލަތަކުގައި 20،000 ރުފިޔާގެ ޖޫރިމަނާ ކޮށްފައިވާއިރު އެހެނިހެން މައްސަލަތަކުގައި 5،000 ރުފިޔާގެ ޖޫރިމަނާކޮށްފައިވެއެވެ.

އެހެންކަމުން މިދިޔަ މަހު ވޭޕް/ އީ-ސިގިރޭޓްގެ ޖުމްލަ 25 މައްސަލައެއްގައި 35 މީހަކު، ޖުމްލަ 226،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ.

ރާއްޖޭގައި ވޭޕް/ އީ-ސިގިރޭޓްގެ އެއްވެސް މުޢާމަލާތެއްކުރުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނަށް ގެނައި އިޞްލާޙު، ރައީސް ޑރ. މުޢިއްޒު ތަޞްދީޤުކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އެއާއެކު އެމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް/ އީ-ސިގިރޭޓް އެތެރެކުރުން މަނާކޮށް، 15 ޑިސެމްބަރު 2024 ހުން ފެށިން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން މަނާވެގެންދިޔައެވެ.

އަދި މިއަހަރުގެ ފެބްރުއަރީ މަހުފެ 13 ވަނަ ދުވަހުން ފެށިގެން މިފަދަ ތަކެތި ގެންގުޅޭ މީހުން އަތުން އެތަކެތި އަތުލުމުގެ ބާރު، ތަންފީޒީ އިދާރާތަކަށް ދެވިގެންދިޔައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޝާންގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް އެއްވެސް ކުއްޖަކު ނުބުނޭ: ފުލުހުންޚަބަރު | 17 ގަޑިއިރު ކުރިންހޯރަފުށީގައި ބުޅަލެއް މަރާލި މައްސަލަ ފުލުހުން ބަލަނީޚަބަރު | 4 ދުވަސް ކުރިންވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި މީހަކަށް ވަޅިން ހަމަލާދިން މީހަކު ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 4 ދުވަސް ކުރިންރާއްޖެ އަށް ޑްރަގް އެތެރެކުރި ބިދޭސީއަކަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާއި ބޮޑު ޖޫރިމަނާއެއްޚަބަރު | 4 ދުވަސް ކުރިން