logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ޑަޗް އެޕީލްސް ކޯޓުން ވެސް ދެކޮޅު

އިސްމާޢިލް ރާތިޢު
7 ނޮވެމްބަރު 2025 - 05:37
އިސްރާއީލުގެ ޓޭންކަރެއް، ޣައްޒާ ބޯޑަރުގައި- ފޮޓޯ: ރޮއިޓާސް
އިސްރާއީލުގެ ޓޭންކަރެއް، ޣައްޒާ ބޯޑަރުގައި- ފޮޓޯ: ރޮއިޓާސް

ނެދަލޭންޑްސް އިން އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް އެޤައުމުގެ އެޕީލްސް ކޯޓަށް ހުށަހަޅާފައިވާ ބިޑު، ދަށު ކޯޓުގެ ނިންމުމަށް ތާޢީދުކޮށް، ބޭރުކޮށްލައިފިއެވެ.

އިސްރާއީލުން، ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް އަޑުއުފުލަމުންދާ ނެދަލޭންޑްސްގެ ގްރޫޕްތަކަކުން ކޯޓަށް ހުށަހަޅާފައިވާ މި މައްސަލަ ބޭރުކޮށްލާފައިވަނީ އެޤައުމުން ބޭރުކުރަމުންދާ ހަތިޔާރުތަކުގެ ބޭނުންކޮށްގެން ބައެއްގެ ހައްގުތައް ނަގާލާކަމުގެ ހެކި، ދަޢުވާގައި ދެއްކިފައި ނުވާކަމަށް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޯޓުގެ ޙުކުމުގައި އިތުރަށް ބުނެފައިވަނީ، ފޭރިގެންފައިވާ ބިންތަކުގައި މަސައްކަތް ނުކުރުމަށް އެޤައުމުގެ ކުންފުނިތަކަށް ސަރުކާރުން ވާވަރަށް ބާރުއަޅާފައިވާ ކަމަށެވެ.

މައްސަލަ ހުށަހެޅި ފަރާތުން ދަޢުވާގައި ބުނެފައިވަނީ، ނެދަލޭންޑްސް އަކީ 1948 ގެ ޖެނީވާ މުޢާހަދާގައި ސޮއިކޮށްފައިވާ ދައުލަތެއްފެ ހައިސިއްޔަތުން، އިސްރާއީލުން ޚާއްޞަކޮށް ޣައްޒާގައި، ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ނެދަލޭންޑްސް އިން ކުރަންޖެހޭނެ ކަމަށެވެ.

ނެދަލޭންޑްސްގެ ކޯޓަށް މިފަދައިން މައްސަލަ ހުށަހަޅާފައި ވާއިރު، އިސްރާއީލުން އަންނަނީ ތަކުރާރުކޮށް، ފަލަސްޠީނުގައި ނަސްލު ނައްތާލުމުގެ ޖަރީމާއެއް ހިންގަމުން އަންނަކަމަށް އިންކާރުކުރަމުންނެވެ. އިސްރާއީލުން ބުނާގޮތުގައި އެމީހުންގެ ހަމަލާތައް އަމާޒުކުރަނީ "ހަމާސްއަށް އެކަނި" އެވެ.

ނެދަލޭންޑްސްގެ އެޕީލްސް ކޯޓުން ވަނީ ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ހިނގާނަމަ، ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން އެކަން ހުއްޓުވުން އެޤައުމަށް ލާޒިމުކުރާކަމަށް އެއްބަސްވެފައެވެ. އަދި ޣައްޒާގައި އިސްރާއީލުން ހިންގްމުންދާ ޢުދުވާނަކީ "ނަސްލު ނައްތާލުމުގެ ހަނގުރާމައަކަށް ވެދާނެކަމުގެ ބިރު އެބައޮތް" ކަމަށްވެސް ކޯޓުގެ ޙުކުމުގަިއ ބުނެފައިވެއެވެ. ނަމަވެސް، އެޕީލްސް ކޯޓުން ވަނީ ދަށު ކޯޓުގެ ޙުކުމަށް ތާޢީދުކޮށް، އެ ޙުކުމް ދަމަހައްޓާފައެވެ.

މައްސަލަ ހުށަހެޅިި ޖަމާޢަތްތަކުން ބުނެފައިވަނީ، އެފް-16 ޖެޓަށާއި ހަނގުރާމަމަތީ އުޅަނދުތަކަށް ބޭނުންވާނެ ބައިތަކުގެ އިތުރުން ރޭޑަރ ސިސްޓަމްތަކާއި ޕޮލިސް ޑޯގްތަކަކާއި، ކެމެރާތަކަކާއި ސަވޭލަންސް ސިސްޓަމްތަކަށް ބޭނުންވާނެ ސޮފްޓްވެއަރ، ނެދަލޭންޑްސްއިން އިސްރާއީލަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ޑަޗް އެޕީލްސް ކޯޓުން ވެސް ދެކޮޅުދުނިޔެ | 4 ގަޑިއިރު ކުރިންއިސްރާއީލުން އަނެއްކާވެސް ލުބްނާންގެ ޢާންމު ރައްޔިތުން ތަކަކަށް ޙަމަލާދީފިދުނިޔެ | 5 ގަޑިއިރު ކުރިންއިސްރާޢީލުގެ ޓީމުތަކާއި ދެކޮޅަށް ޔޫރަޕު އުތުރި އަރަނީ، އިނގިރޭސި ވިލާތުގައި ކުޅޭމެޗަށް އިސްރާޢީލުގެ ސަޕޯޓަރުން ނުވައްދާނެކުޅިވަރު | 22 ދުވަސް ކުރިންގިނަބައެއްގެ ނުރުހުމުގައި ގަދަބާރުން ސްނައިޕަރުން އަތުރައިގެން އިސްރާއީލުން އިޓަލީއާއި ދެކޮޅަށް ކުޅެން ތައްޔާރުވެއްޖެކުޅިވަރު | 24 ދުވަސް ކުރިން