ޖިންސީ ކުށުގެ ތުހުމަތު ހިިމެނޭ ގޮތަށް އޭސީޕީ ޝިފާނަށް އެތައް ތުހުމަތުތަކެއް!
9 ނޮވެމްބަރު 2025 - 13:44

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) އަޙްމަދު ޝިފާނާ ދެކޮޅަށް ބަދުއަހުލާގީ އެކި މައްސަލަތަކާއި މަގާމުގެ ނުފޫޒު ފޯރުވާކަމުގެ ސީރިއަސް ތުހުމަތުތަކެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މި ތުހުމަތުތައް ހުށަހަޅާފައިވަނީ ފުލުހުންގެ މަތީ ރޭންކުތަކުގެ 11 އޮފިސަރުންގެ ފަރާތުން ވިސުލްބްލޯވަރުންގެ ގޮތުގައެވެ.

Ad by Hajj Corporation
241 ކޮމިޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމަށް އެޑްރެސްކޮށް ފޮނުވާފައިވާ މި ސިޓީގައި، ފުލުހުންގެ ޗީފް އިންސްޕެކްޓާ ރޭންކުން މަތީގެ 11 އޮފިސަރުން ވަނީ ޝިފާންގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައެވެ.
އޭސީޕީ އަޙްމަދު ޝިފާނުގެ ކިބައިން މައިގަނޑު ގޮތެއްގައި ފާހަގަކުރެވެނީ ދެބާވަތެއްގެ ކުށްކަމަށާއި އެއީ ބަދުއަޚުލާގީ ޢަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ ގިނަ އަދަދެއްގެ މައްސަލަތަކަކާ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެކި ކުށްތަކާ، ސުލޫކީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހިންގިކަމަށް ތުހުމަތުވާ މައްސަލަތައްކަމަށް ސިޓީގައިވެއެވެ.
ބަދުއަޚުލާގީ ޢަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަކުގެ ތެރޭގައި ހިމެނެނީ ދަށުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނާ، ފިރިހެން މުވައްޒަފުންގެ އަނބިންނާ އަދި ރަސްމީ މަސައްކަތުގެ ތެރެއިން ގުޅުން އުފެދޭ އެހެނިހެން އޮފީސްތަކުގެ އަންހެން މުވައްޒަފުންނާ ގުޅުންހުރި މައްސަލަތައް ހިމަނާފައިވެއެވެ. އަދި މީގެ ތެރޭގައި ރުހުމުގައި ހިންގާފައިވާ ބަދުއަޚްލާޤީ އަމަލުތަކާ ބާއްވާ ގުޅުންތައްކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާ، ނުރުހުމުގައި ގަދަކަމުން ހިންގާފައިވާ ބަދުއަޚުލާގީ ޢަމަލުތަކާ ޖިންސީ ފުރައްސާރައިގެ ޢަމަލުތަކުގެ މައްސަލަތައް ހިމެނާފައިވެއވެެ.
މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެކި ކުށްތަކާ، ސުލޫކީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހިންގިކަމަށް ތުހުމަތުވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ކުށުގައި ބައިވެރި ވުމެއްނެތް ދެ މުވައްޒަފަކު އެކުށުގައި ބައިވެރިކަމަށް ދެއްކުމަށް (ފްރޭމް ކުރުމަށް) މަސައްކަތްކުރި މައްސަލައަކާ ފުލުހުންގެ ޚިދުމަތުގެ ތެރޭގައި، މައްސަލަބެލުމަށް އޮންނަ އެކި އިންތިޒާމުތަކުގެ ތެރެއިން ބެލެމުންދާ އޭސީޕީ އަޙްމަދު ޝިފާނާ ގުޅުންހުރި މައްސަލަތަކަށް ނުފޫޒުފޯރުވާ އެމައްސަލަތައް ބެލުމަށް ހުރަސްއެޅުމާ، ނުފޫޒުފޯރުވުން ފަދަ މައްސަލަތަކެވެ.
މީގެ އިތުރުން ފުލުހުންގ ސްޕޯކްސް ޕާސަންގެ މަގާމްގައި ހުރެ މީޑިއާތަކަށް ދޮގު މައުލޫމާތުދިންކަމަށާއި އޭގެ ތެރެއިން އެއް މައްސަލަ ސާބިތުވުމާ ގުޅިގެން ޝިފާންއަށް 6 މަސް ދުވަހަށް ކައުންސިލިން ދިނުމަށް ނިންމާ އެކަން ތަންފީޒްކޮށްފައިވާކަމަށްވެސް ވެއެވެ.
މީގެ އިތުރުން ޑިޕާރޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެހެން ޑިިޕާރޓްމަންޓްތަކަށް ބަދަލުވާން އެދުމުން އެ މުވައްޒަފުންއަތުން ފައިސާ އާއި އެހެނިހެން ތަކެތި ނެގުމަށްފަހު އެ ބަދަލުތައް އޭ ސީފީ އަހުމަދު ޝިފާނު ގެނެސްދޭކަމަށްވެސް ސިޓީގައި ވަނީ ބުނެފައެވެ.
ޝިފާންއާ ބެހޭގޮތުން މިފަދަ މައްސަލަތައް ހުށަހަޅާފައިވާއިރު ސިނގިރެޓު ކޮންޓެއިނަރުތައް ގެއްލުމުގެ މައްސަލައިގައި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ މަހްމޫދު ރިޔާޒާއި ޢަބްދުالله ވަހީދު، މަގާމުން ވަކިކުރުމަށްފަހު ފަހުން މަހްމޫދު އަލުން އެ މަގާމަށް އިޔާދަކުރަން މަޖިލީހުން ނިންމާފައިވެއެވެ.


