logo
Bank of Maldives

Bank of Maldives

ޚަބަރު

ކުށުގެ ވެށީގައި އުޅެނީ ޒުވާނުންގެ 2 އިންސައްތަ: ޝިފާން

އާމިނަތު ޝަފާ
15 ނޮވެމްބަރު 2024 - 10:22
ކުށުގެ ވެށީގައި އުޅެނީ ޒުވާނުންގެ 2 އިންސައްތަ: ޝިފާން

ރާއްޖޭގައި ކުށުގެ ވެށީގައި އުޅެނީ ޒުވާނުންގެ އެންމެ 2 އިންސައްތަ ކަމަށާއި މި އަދަދު މަދުކުރެވޭނެކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

އޭސީޕީ މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝިފާން ވިދާޅުވީ ރާއްޖޭގައި ގިނައީ ގަވާއިދުތަކާއި ގާނޫނުތަކަށް ބޯލަނބާ އުފެއްދުންތެރި ޒުވާނުންކަމަށެވެ. އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން ކުށުގެ ވެށީގައި އުޅެނީ އެންމެ 2 އިންސައްތަ މީހުންކަން އޭސީޕީ ޝިފާން ވަނީ ފާހަގަކުރައްވާފައެވެ.

ޝިފާން އިތުރަށް ވިދާޅުވީ ގައުމަށް ހިދުމަތްކުރުމުގެ ފުރުސަތު ޒުވާނުންނަށް ދިނުމާއެކު އެކި ކަންކަމުގައި ޒުވާނުން ބައިވެރިކޮށްގެން މަސައްކަތްކޮށްފިނަމަ އަދިވެސް ކުށުގެ ވެށީގައި ޒުވާނުން އުޅޭ މިންވަރު މަދުކުރެވިގެންދާނެކަމަށެވެ.

ޝިފާން މިފަދައިން ވިދާޅުވިއިރު ނުރައްކާތެރި ކުށްކުރާ މީހުންގެ ތެރޭގައި ޒުވާނުން ހިމެނެއެވެ. އަދި މީގެ ތެރޭގައި ގިނައީ ތަކުރާރުކޮށް ކުށްކުރާ މީހުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖިންސީ ކުށުގެ ތުހުމަތު ހިިމެނޭ ގޮތަށް އޭސީޕީ ޝިފާނަށް އެތައް ތުހުމަތުތަކެއް!ޚަބަރު | 3 ގަޑިއިރު ކުރިންހިޔާގެ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެޚަބަރު | 8 ދުވަސް ކުރިންބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެވަނަ މީހާގެ ހަށިގަނޑު ފެނިއްޖެޚަބަރު | 24 ދުވަސް ކުރިންއުމުރުން 9 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކު ހައްޔަރު ކޮށްފިޚަބަރު | 2 މަސް ކުރިން