logo
Bank of Maldives

Bank of Maldives

ޚަބަރު

އުމުރުން 9 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކު ހައްޔަރު ކޮށްފި

ނުހާ އަޙްމަދު
18 ސެޕްޓެމްބަރު 2025 - 06:36
ފޮޓޯ: ސަން
ފޮޓޯ: ސަން

އުމުރުން 9 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ނޯތު ސެންޓްރަލް ( އއ./ އދ./ ކ./ ވ.) ގައި ހިމެނޭ ރަށެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އުމުރުން 9 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 14 ވަނަ ދުވަހުގެރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ އިތުރު މައްސަލައެއް ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 17 ވަނަ ދުވަހު އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއީ ކުޑަކުދިންނާ ގުޅުންހުރި މައްސަލައެއް ކަމުން، ކުޑަކުދިންނާއި ގުޅޭ މި ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވާތީ، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ފުލުހުން ކުދިންގެ އަތޮޅާއި ރަށް ހާމައެއް ނުކުރެެއެވެ.

ރާއްޖޭގައި ޖިންސީގޯނާގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި އަހަރުގެ މިހާތަނަށް ވެސް އެފަދަ 176 މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުމުރުން 9 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކު ހައްޔަރު ކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންތިލަފުށީގައި ލޮރީއެއްދަށުވެ މީހަކަށް ސީރިއަށް އަނިޔާތަކެއް ޚަބަރު | 7 ދުވަސް ކުރިންމަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަންހެން ފުލުސް އޮފިސަރު ވަޒީފާ އިން ވަކި ކުރަން ނިންމައިފި ޚަބަރު | 12 ދުވަސް ކުރިންގޭންގު ކުށްތަކުގެ ގާނޫނަށް ފުލުހުން ވަނީ ތައްޔާރުވެފަ: ޖަމްޝީދްޚަބަރު | މަހެއް ކުރިން