logo
MPL

MPL

ޚަބަރު

ތިލަފުށީގައި ލޮރީއެއްދަށުވެ މީހަކަށް ސީރިއަށް އަނިޔާތަކެއް

ޝަހްޒާ މުހައްމަދު
11 ސެޕްޓެމްބަރު 2025 - 13:09
ތިލަފުށީގައި  ލޮރީއެއްދަށުވެ މީހަކަށް ސީރިއަށް އަނިޔާތަކެއް

ތލަފުށީގައި ލޮރީއެއްދަށުވެ މީހަކަށް ސީރިއަސް އަނިޔާތަކެއްވެގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ކ.ތިލާފުށިގައި  އެކްސްކަވޭޓަރެއް ކައިރީ މަސައްކަތް ކުރަން ހުރީ މީހެއްގެ ގައިގައި ލޮރީއަކުން ޖެހީ ވެއްޓީ، އެމީހާގެ ގައި މަތިން ލޮރީ ގޮސްފައިވާ މަސާލައެއް މިއަދު 14:15 އެހައިކަންހާ އިރު  ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނީ މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސްރީލަންކާގެ ފިރިހެނަކަށްކަމަށެވެ.

އެމީހާ އައިޖީއެމްއެޗަށް ފަރުވާދެމުންދާކަމަށާއި ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.

 މިމައްސަލައާއި ގުޅިގެން ލޮރީ ދުއްވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ލޮރީ ޓޯކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އުމުރުން 28 އަހަރުގެ، އިންޑިއާގެ ރައްޔިތެއްކަމަށްވާ ވިގްނޭޝް އަނާދުރަ އެވެ.

މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިލަފުށީ ބަނދަރުގެ ޖޫރިމަނާ މާދަމާ އަލުން ނަގަން ފަށަނީޚަބަރު | ގަޑިއިރެއް ކުރިންއެއްވުންތައް ބޭއްވުމުގައި ގާނޫނާ ހިލާފުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިޚަބަރު | 2 ދުވަސް ކުރިންމެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެޚަބަރު | މަހެއް ކުރިންމިދިޔަ އަހަރަށް ވުރެ މިއަހަރު ހިނގި އެކްސިޑެންޓްތަކުގެ އަދަދު 7 އިންސައްތަ އިތުރު ވެއްޖެޚަބަރު | 4 މަސް ކުރިން