logo
MPL

MPL

ޚަބަރު

މިދިޔަ އަހަރަށް ވުރެ މިއަހަރު ހިނގި އެކްސިޑެންޓްތަކުގެ އަދަދު 7 އިންސައްތަ އިތުރު ވެއްޖެ

އަޙުމަދު ރިޝާން
4 ޖުލައި 2026 - 09:11
މިދިޔަ އަހަރަށް ވުރެ މިއަހަރު ހިނގި އެކްސިޑެންޓްތަކުގެ އަދަދު 7 އިންސައްތަ އިތުރު ވެއްޖެ

މިދިޔަ އަހަރަށް ވުރެ މިއަހަރު ހިނގި އެކްސިޑެންޓްތަކުގެ އަދަދު 7 އިންސައްތަ އިތުރު ވެއްޖެ ކަމަށް ފުލުހުންގެ ތަފާސްހިސާބު ތަކުން ދައްކައިފި އެވެ.

ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް 1568 އަށް އެކްސިޑެންޓް ރިޕޯޓްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ. ފުލުހުން އާންމުކުރި ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެތެރޭގައި 5،757 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ. މިއަހަރުގެ ފުރަތަމަ ހަމަސްތެރޭ މި އަދަދުވަނީ %7 އިތުރުވެ، 6،198 އަރާފަ އެވެ.

ފުލުހުން ބުނީ އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތައް ކަމަށެވެ. ވައްކަމާ ޖެހިގެން ދެ ވަނަ އަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޓްރެފިކާ އެކްސިޑެންޓްގެ މައްސަލަތަކެވެ. ފުލުހުންގެ ތަފާސްހިސާބު ދައްކާ ގޮތުން އެކްސިޑެންޓް މައްސަލަތައް ހުށަހަޅާފައިވާ މިންވަރު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ ދެ އިންސައްތަ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަމަސްދުވަހު ރިޕޯޓުކޮށްފައިވަނީ 1531 އެކްސިޑެންޓެވެ. މިއަހަރުގެ މި މުއްތަތުގައި 1568 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް: 5 މީހަކަށް އަނިޔާވެ ފަރުވާދެނީޚަބަރު | މަހެއް ކުރިންމެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެޚަބަރު | މަހެއް ކުރިންސޯސަންމަގު އެކްސިޑެންޓްގައި އަނިޔާވި މާހިދާ ނިޔާވެއްޖެ، ރައީސްގެ ތައުޒިޔާޚަބަރު | 2 މަސް ކުރިންސޯސަން މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާ ނިޔާވެއްޖެޚަބަރު | 2 މަސް ކުރިން