އެއްވުންތައް ބޭއްވުމުގައި ގާނޫނާ ހިލާފުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި
13 ނޮވެމްބަރު 2026 - 09:56

އެއްވުންތައް ބޭއްވުމުގައި އެއްވެސް ފަރާތަކަށް ދަތި ނުވާނޭހެން ގާނޫނީ އިމުގެ ތެރެއިން އިންތިޒާމު ކުރުމަށާއި، ގާނޫނާ ހިލާފުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މިރޭ މާލޭގައި ބޭއްވުމަށް ރާވަމުން އަންނަ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި، އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ފުލުހުންނަށް މިހާތަނަށް މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
އެހެންކަމުން، ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށާއި ގާނޫނީ އިމުގެ ތެރެއިން އެއްވުން އިންތިޒާމު ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. މިފަދަ އެއްވުންތަކުގެ ސަބަބުން އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށްވާތީ، އެއްވެސް ފަރާތަކަށް ދަތިނުވާނެހެން ކަންކަން އިންތިޒާމު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށް ނަސޭހަތްތެރިވެފަ އެވެ. އަދި އެ އެއްވުމުގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ހިންގާ އަމަލުތައް ވަގުތުން ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

-01.jpg&w=3840&q=75)
