logo
Bank of Maldives

Bank of Maldives

ޚަބަރު

ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހުތައް މަޖިލީހުން ފާސްކޮށްފި

އާމިނަތު ޝަފާ
10 ނޮވެމްބަރު 2025 - 06:54
ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހުތައް މަޖިލީހުން ފާސްކޮށްފި

ފަނޑިޔާރުންނާ ގުޅޭ ގާނޫނަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕާޓީ މަޖިލީހުގައި ތަމްސީލުކުރައްވާ މެމްބަރެއްކަމަށްވާ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ .ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް ފަނޑިޔާރުންގެ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބިލުގެ މައިގަނޑު މަގުސަދަކީ، ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ގޮތަށް އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަކަށް މަސްއޫލިއްޔަތު އަދާކުރާ ބައެއް ކަން ކަށަވަރުކުރުމާއި، ފަނޑިޔާރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ގާނޫނުގައި ކަނޑައެޅުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މި އިސްލާހުގެ ދަށުން، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްސީލުކުރުމާއި، ފަނޑިޔާރުން އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމުގެ އުސޫލުތަކަށް ބަދަލު ގެނެސްފައިވެ އެވެ. މީގެ އިތުރުން، ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުއާމަލާތްތައް ކުރުމާ ގުޅޭ އުސޫލުތައް ތަފްސީލުކުރުމާއި، ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުމުގެ އުސޫލުތައް މުރާޖާކުރުމަށް ވެސް މި ބިލުގައި ހުށަހަޅާފައިވެ އެވެ.

ބިލުގައި ވަނީ ފަނޑިޔާރުންނަށް މަގާމުގައި ތިބެ ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަމުގެ ބަޔަށް ވެސް އިސްލާހު ގެނެސްފަ އެވެ. މިގޮތުން، ފަނޑިޔާރުންނަށް ހުއްދަ ކަމަށް ބުނާ ކަންކަމުގެ އިތުރުން، ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަމަށް ނުވަތަ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކަށް ބުރޫނާރާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ކަނޑައަޅާ މަސައްކަތްތައް ކުރުމަކީ ތައާރަޟުވާ ކަމެއް ނޫން ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ފަނޑިޔާރުކަމުގައި ހުންނަ ހިނދަކު ކޮށްގެން ނުވާނެ ކަންކަމުގެ ތެރޭގައި، ފަނޑިޔާރުކަން ފިޔަވައި ދައުލަތުގެ އެހެން އެއްވެސް ވަޒީފާއެެއް އަދާކުރުމާއި އަމިއްލަ ފަރުދެއްގެ ވަޒީފާއެއް އަދާކުރުން ނުވަތަ ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުން ހިމެނެ އެވެ.

ބިލުގައި ބުނީ، ދައުލަތުގެ ފަރާތުން އާންމު މުވައްޒަފުންނަށް ކަނޑައަޅާފައިވާ އެކި ފަންޑުތަކުގައި ފަނޑިޔާރުންނަށް ބައިވެރިވެވިދާނެ ކަމަށާއި، އެކަމަކު ފަނޑިޔާރަކު ފަންޑެއް ހިންގައިގެން ނުވާނެ ކަމަށެވެ. މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ސެކިއުރިޓީޒްގެ ވިޔަފާރިކުރުމާއި ސްޓޮކް އެކްސްޗޭންޖާ ގުޅޭ މުއާމަލާތް ހިންގުން ނުވަތަ ލޯފާމްތައް ހިންގުން ފަދަ ކަންކަން ނުކުރެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.

މީގެ އިތުރުން، ފަނޑިޔާރުންނަކީ އެއްވެސް ބާވަތެއްގެ ވިޔަފާރި ކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި، ދައުލަތުގެ މުދަލާއި ބިން ގަނެ، ނުވަތަ ކުއްޔަށް ހިފައިގެން ނުވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ދައުލަތާ އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ސީދާގޮތުންނާއި ނުސީދާގޮތުން ވިޔަސް ފަނޑިޔާރުންގެ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.

އެހެންނަމަވެސް، ރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ޝެއާހޯލްޑަރެއް ކަމުގައިނުވާ ގޮތުން އެފަދަ ކުންފުންޏެއްގެ ހިއްސާ މިލްކުކުރެވިދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ފަނޑިޔާރެއްގެ ނަމުގައި އޮތް ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ އެ ނޫން ވެސް އުފުލޭ ނުވަތަ ނުއުފުލޭ މުދަލެއް ބާޒާރުގައި އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއްގެ އަގު އާންމުކޮށް ހުރި އަގަށް ވުރެ ބޮޑު ނޫންކޮށް ވިއްކުމާއި ކުއްޔަށް ދިނުމަކީ ވިޔަފާރިކުރުމާއި މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

އާ ބިލުގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރަކާ މައްސަލައެއް ހަވާލުކުރާ ދުވަހުން ފެށިގެން އެއް އަހަރުގެ ތެރޭގައި އެ މައްސަލާގަައި ގޮތެއް ކަނޑައެޅިފައި ނުވާ ނަމަ، އެކަން ސަބަބާ އެކު ކޯޓުގެ އިސް ފަނޑިޔާރަށާއި ޖޭއެސްސީއަށް އަންގަން ޖެހޭނެ އެވެ. އަދި އެ މައްސަލަ ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މަހަކު އެއް ފަހަރު އިސް ފަނޑިޔާރަށް މައުލޫމާތު ދޭން ޖެހޭނެ ކަމަށް ބިލުގައި ވެއެވެ. މިހާރު ގާނޫނުގައި އޮންނަނީ މައްސަލައާ ހަވާލުވާތާ ހަ މަސް ދުވަހުގެ ތެރޭގައި މައްސަލާގައި ގޮތެއް ކަނޑައެޅިފައި ނުވާ ނަމަ، އެކަން އިސް ގާޒީއަށް އެންގުމަށެެވެ.

ފަނޑިޔާރުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލައި، ފަނޑިޔާރުންގެ ފެންވަރު ވަޒަންކުރުމަށް ފަހު، މަސައްކަތުގެ ފެންވަރު ބެލުނު ގޮތާއި ކަނޑައެޅުނު ނަތީޖާ އާއި އެ ނަތީޖާއަށް ވާސިލުވި ގޮތުގެ ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓުގެ ކޮޕީއެއް ވެސް ފަނޑިޔާރަށް ދޭންޖެހޭނެ ކަމަށް މި ބިލުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން ފަނޑިޔާރުން މަގާމުން ވަކިވާނަމަ، ވަކިވާތާ 3 މަސް ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށްވެސް އިސްލާހުގައި ބަޔަންކުރައްވާފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހުތައް މަޖިލީހުން ފާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންޓްރޭޑްމާކް ބިލު މަޖިލީހުން ފާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންބަޖެޓް ބަހުސް ފަށައިފި ޚަބަރު | 5 ގަޑިއިރު ކުރިންއަންނަ އަހަރު ދައްކަންޖެހޭ ދަރަނި އަދާކުރުމާ ގުޅޭ ހަގީގީ ޕްލޭނެއް އެބައޮތް: އޮޑިޓް އޮފީސްޚަބަރު | 21 ގަޑިއިރު ކުރިން