logo
Bank of Maldives

Bank of Maldives

ޚަބަރު

އަންނަ އަހަރު ދައްކަންޖެހޭ ދަރަނި އަދާކުރުމާ ގުޅޭ ހަގީގީ ޕްލޭނެއް އެބައޮތް: އޮޑިޓް އޮފީސް

އާމިނަތު ޝަފާ
9 ނޮވެމްބަރު 2025 - 12:03
އަންނަ އަހަރު ދައްކަންޖެހޭ ދަރަނި އަދާކުރުމާ ގުޅޭ ހަގީގީ ޕްލޭނެއް އެބައޮތް: އޮޑިޓް އޮފީސް

އަންނަ އަހަރު ސަރުކާރުން ދައްކަންޖެހޭ 600 މިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި އަދާކުރުމަށް ހަގީގީ ޕްލޭނެއް ސަރުކާރުން އެކުލަވައިލާފައިވާކަން ލިޔެކިޔުންތަކުން އެނގޭކަމަށް އޮޑިޓާ ޖެނެރަލް ގެ އޮފީހުން ބުނެފިއެވެ.

2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި އޮޑިޓާ ޖެނެރަލް ގެ އޮފީހުން ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރީ އާމްދަނީ އިތުރުކުރާނެ ސިޔާސަތުތަކެއް ބަޖެޓުގައި ހުށަހަޅާފައި ނެތުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މިގޮތުން ފާއިތުވެދިޔަ އަހަރުތަކަށް ބަލާއިރު ފާއިތުވެދިޔަ އަހަރުތަކުގެ ފިސްކަލް ސްޓްރެޓަޖީ އަދި ރެވެނިއު ސްޓްރެޓަޖީ އޮތް ގޮތުން ދައުލަތުގެ 24، 25ގެ ބަޖެޓުގަވެސް އެބަހުރި އާމްދަނީ އިތުރުކުރަން ބައެއް ކަންކަން ހިމަނައިފައި. އެކަމަކު 2026ގެ ބަޖެޓަށް އައިއިރު އާމްދަނީ އިތުރުކުރާނެ ގޮތެއް ހުށަހަޅާފައި ނެތް . މިއީ ކަންބޮޑުވާކަމެއް". އޮޑިޓަރު ޖެނެރަލް އޮފީހުގެ ފަރާތުން ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޝާން

ޝާންވަނިީ ދައުލަތަށް ލިބެންޖެހޭ ފައިސާ އަހަރުން އަހަރަށް އިތުރުވަމުންދާ ކަން ފާހަގަކުރައްވައި ހަމަ އެހެންމެ ޓެކްސް ދައްކާ ފަރާތްތަކަށް ގާނޫނުތަކަށް ތަބާނުވާތީ ދައުލަތުގެ ކޭޝްފްލޯއަށް އަސަރުކުރާކަން ފާހަގަކުރައްވައި ގާނޫނު އިސްލާހުކޮށް، ގާނޫނު ތަންފީޒުކުރުމުގެ ބާރު އިދާރާތަކަށް ދިނުން މުހިންމު ކަމަށް ވިދާޅުވެފައެވެ.

ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި އަދާކުރުން ކަމަށްވާއިރު، އަންނަ އަހަރު 600 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރަންޖެހޭތީ އެކަމަށް ސަރުކާރުން ތައްޔާރުވަމުންދާކަން ފާހަގަކުރެވޭ ކަމަށާއި މިވަގުތު ހާލަތަށް ބަލާއިރު ދަރަނި ދެއްކުމަށް ރިއަލިސްޓިކް ހަގީގީ ޕްލޭނެއް އޮތްކަމަށް ގަބޫލުކުރެއްވޭކަމަށް އެ އޮފީހުން ބުނެއެވެ.  

ބަޖެޓު ފާސްކުރުމުގެ ކުރިން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަންނަ އަހަރު ބައެއް ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހުން ލަފާ އެރުވުމަށް ކޮމިޓީން ވަނީ މިއަދު ނިންމާފައެވެ.

އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރިފުޅަށް ދެ އަހަރު ވަންދެން ހުސްވަގުތު ދެވޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިޚަބަރު | 2 ދުވަސް ކުރިންހަތަރު ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރަން ފާސްކޮށްފިޚަބަރު | 2 ދުވަސް ކުރިންތިން އަހަރުވަންދެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ޓިއުޝަން ސެންޓަރެއްގެ ވެރިޔަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސްޚަބަރު | 21 ދުވަސް ކުރިންކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީ އަށް ނޫނެކޭ ބުނަންޖެހޭ: ފަލާހްޚަބަރު | މަހެއް ކުރިން