logo
Bank of Maldives

Bank of Maldives

ޚަބަރު

"އީ-ވިސާ"ގެ ޚިދުމަތާއެކު ވިސާގެ ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެ: ވަޒީރު

އާމިނަތު ޝަފާ
10 ނޮވެމްބަރު 2025 - 07:06
"އީ-ވިސާ"ގެ ޚިދުމަތާއެކު ވިސާގެ ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެ: ވަޒީރު

"އީ-ވިސާ"ގެ ޚިދުމަތާއެކު ވިޒާގެ ކަންކަން ކުރުމަށް މީގެ ކުރިން އުފުލަން ޖެހުނު ތަކްލީފްތަކަށް ނިމުން އަންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މޯލްޑިވްސް 2.0ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމާއެކު ބިދޭސީންގެ އައިޑީ ދެނެގަތުމާއި ވިސާގެ ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ކުރިން ކުންފުނިތަކާއި އަމިއްލަ ފަރުދުން ބިދޭސީންގެ ޕާސްޕޯޓްތައް ހިފައިގެން އަބަދު އައިސް ކިއުގައި ޖެހި ޚިދުމަތް ހޯދަން ތިބޭ މަންޒަރު ފެނޭ. ރާއްޖޭގެ އެކިކަންކޮޅުތަކުގަ އުޅޭ ބިދޭސީން އެ މީހުންގެ ވިސާ ޖަހަން ޕާސްޕޯޓް ދޫކޮށްލަންޖެހޭ. ޕާސްޕޯޓް ގެއްލުމާއި ނެތިގެން ދިއުމާ މިފަދަ ހިތާމަވެރި ގިނަ ކަންކަން ދިމާވޭ. އުސޫލެއްގެ ގޮތުން ބަލާއިރު އެ މީހެއްގެ ޕާސްޕޯޓްއަކީ އެ މީހެއްގެ އަތުން ވަކިވާންޖެހޭ އެއްޗެއް ނޫން. އެހެންނަމަވެސް ނިޒާމު އޮތްގޮތުން އެ ނޫން ގޮތަކަށް މި ޚިދުމަތް މި ނޫން ގޮތަކަށް މިހާ ޒަމާންވިއިރު ދެވެން ނެތް. މިއަދު މިގެނައި ހައްލަކީ މި ހުރިހާ ތަކްލީފްތަކަށް ނިމުން. ވަޒީރު

އެމް އައިޑީ ޗެކަރގެ ނަމުގައި ތަޢާރަފްވެގެން އައި އެޕްލިކޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވަނީ އިމިގްރޭޝަން އެންފޯސްމަންޓުގެ ޚިދުމަތަށާއި ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ އެ މީހުންގެ ކަންކަން ހަމަ މަގަށް އެޅުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިންގިލާބީ ބަދަލެއްކަން ފާހަގަކުރައްވާފައެވެ.

އެމް އައިޑީ ޗެކަރގެ ނަމުގަ މިއަދު ތަޢާރަފްވެގެންދާ އެޕްލިކޭޝަނަކީ އިމިގްރޭޝަންގެ މުވައްޒަފުންނާ، ފުލުހުންނާއި އަދި ޤާނޫނު ތަންފީޒުކުރާ އެހެނިހެން އިދާރާތަކަށް ވަކިން ޚާއްސަކޮށް ލޭބާރ ރިލޭޝަން އޮތޯރިޓީ އަދި އެޗްޕީއޭފަދަ ތަންތަނަށް މީގެ އެކްސެސް ދެވިގެންދާނެ އެޕްލިކޭޝަނެއް. ހަމަމިއާއެކު ރަށްރަށުގެ ކައުންސިލްތަކުން އެ ރަށްރަށުގައި ތިބޭ ބިދޭސީން މަސައްކަތް ކުރަމުންދާ ސައިޓްތައް މޮނިޓަރ ކުރުމުގަ ދިމާވާ ގޮންޖެހުމަކީ އެތަންތަނަށް ގޮސް ބަލާއިރު އެއްވެސް ކަހަލަ ވެލިޑް އައިޑެންޓިފިކޭޝަނެއް ނެތި މީހުން ތިބުން. އެފަދަ ހާލަތްތަކުގަ އެ މީހުންނަކީ ކޮން ބައެއްކަން ކަށަވަރުކުރެވޭނެ މަގެއް ނެތުން. މި ހުރިހާ ކަމަކަށް މިއަދު ހައްލު ލިބިގެންމިދިޔައީ. ވަޒީރު

ވަޒީރު ވިދާޅުވީ މިއަދު ފެނިގެން މިދަނީ މީގެ ދޮޅު އަހަރެއްކުރިން ރައީސް ޑރ. މުޢިއްޒު ފައްޓަވާދެއްވި މަސައްކަތެއްގެ ނަތީޖާ ކަމަށެވެ.

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ދާޚިލީ ވުޒާރާއާ މަތިކޮށްފައިވާ ޒިންމާއެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކުރަނގި އޮޕަރޭޝަންގައި މިހާތަނަށް އެއްލައްކަ ނުވަދިހަ ހާހަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާ އަޕްޑޭޓްކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގެ ދެވަނަ ފޭސްއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ޤަވާއިދުގެ ތެރެއަށް ނުވަދެ އުޅޭ ބިދޭސީން ރާއްޖެއިން ބޭރުކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އީ-ވިސާ"ގެ ޚިދުމަތާއެކު ވިސާގެ ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެ: ވަޒީރުޚަބަރު | 8 ގަޑިއިރު ކުރިންސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅޭ 241 ކޮމިޓީގެ ބައްދަލުވުން ފަސްކޮށްފިޚަބަރު | 24 ދުވަސް ކުރިންސައިބަރ ސެކިއުރިޓީ ސިމްޕޯޒިއަމްގެ ސަބަބުން ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢަށް އެހީ ވެދޭނެ: ޑރ. ކިނާނަތުޚަބަރު | މަހެއް ކުރިންބާޠިލުކުރެވޭ ވޯކް ޕަރމިޓްތަކުގެ ކޯޓާ ސްލޮޓް ދެން ރިލީޒްކުރާނީ ދައްކަންޖެހޭ ހުރިހާ ފީއެއް ދެއްކުމުންޚަބަރު | މަހެއް ކުރިން