logo
Bank of Maldives

Bank of Maldives

ޚަބަރު

ބިދޭސީންގެ ޝަހްސު ދެނެގަތުމަށް ދިމާވާ ދަތިތަކަށް ހައްލު

އާމިނަތު ޝަފާ
10 ނޮވެމްބަރު 2025 - 10:07
 ބިދޭސީންގެ ޝަހްސު ދެނެގަތުމަށް ދިމާވާ ދަތިތަކަށް ހައްލު

ބިދޭސީންގެ ޝަހްސު ދެނެގަތުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން "އެމް އައިޑީ ޗެކަރ"ގެ ނަމުގަ އައު އެޕެއް އިފްތިތާހުކޮށްފިއެވެ.

މި އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ދާހިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެޕްލިކޭޝަނަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދޭނެ ފުރިހަމަ އެޕްލިކޭޝަނެކެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި މަޤްސަދު ޙާސިލުކުރުމަށްޓަކައި، ވަޒީރު އިޙްސާންގެ އިސްނެންގެވުމުގެ ދަށުން 'ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް' އެކުލަވާލައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ގިނަގުނަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން، މިހާތަނަށް މި ސަރުކާރުގެ މަސައްކަތުން 9,000 އަށްވުރެ ގިނަ ގަވާއިދާ ޚިލާފަށް އުޅެމުންދިއަ ބިދޭސީން ވަނީ އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލާފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ގިނަ ބިދޭސީން އަތުގައި އެއްވެސް ބާވަތެއްގެ ރަސްމީ ލިޔެކިޔުމެއް ނެތުމުގެ ސަބަބުން އެފަދަ ބިދޭސީންގެ ޝަހްސު ދެނެގަތުމަށް ދިމާވާ ދަތިތަކެވެ. މި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުން ދިވެހި ފުލުހުންގެ ހިދުމަތުގެ އެހީތެރިކަމާއެކު ފަރުމާކޮށް ތައްޔާރުކޮށްފައިވާ މި އެޕްލިކޭޝަނަކީ ބިދޭސީންނާ ގުޅުންހުރި ސިސްޓަމްތަކާ ގުޅިފައިވާ ޒަމާނީ ޓެކްނޮލޮޖީގެ ފުރިހަމަ މިސާލެކެވެ.

މި އެޕްލިކޭޝަންގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، ބިދޭސީއެއްގެ ފޮޓޯ ބޭނުންކޮށްގެން، ހިނދުން ހިނދަށް އެ ބިދޭސީއެއްގެ ޝަހްޝު ދެނެގަނެ، ކަށަވަރުކޮށް، ބިދޭސީ ފަރާތާ ގުޅޭ އެންމެހާ މަޢުލޫމާތު ލިބިގަތުމުގެ ޤާބިލުކަން ލިބިފައިވުމެވެ. މީގެތެރޭގައި ޕާސްޕޯޓު، ވާރކް ޕާރމިޓް، އަދި ވީޒާގެ މަޢުލޫމާތުގެ އިތުރުން ވަޒީފާދޭ ފަރާތުގެ މަޢުލޫމާތުވެސް ހިމެނެއެވެ.

އަދި ވަޒީފާ ދޭ ފަރާތަށް ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީންވެސް މި އެޕްލިކޭޝަނުން ދެނެގަނެވޭނެއެވެ. ފޮޓޯގެ އިތުރުން، ބިދޭސީއެއްގެ ޤައުމީ ނިސްބަތާއި ޕާސްޕޯޓު ނަންބަރު ބޭނުންކޮށްގެން ނުވަތަ ޕާސްޕޯޓު ނަންބަރާއި ވޯކްޕަރމިޓް ނަންބަރު ބޭނުންކޮށްގެން ނުވަތަ ވޯކްޕާމިޓް ފަހަތުގައި ހިމެނޭ ކިއު.އާރު ކޯޑު ސްކޭންކޮށްލައިގެން ވެސް މި އެޕްލިކޭޝަނުން މީހުން ދެނެގަނެވޭނެއެވެ.

ޤާނޫނު ތަންފީޒުކުރާ ހުރިހާ އިދާރާއަކުން މި އެޕްލިކޭޝަންގެ ބޭނުންކުރެވޭނެ އިންތިޒާމް މިއަދުން ފެށިގެން ހަމަޖެހިގެންދާނެއެވެ. އަދި މުސްތަޤްބަލުގައި ކައުންސިލްތަކުން ވެސް މި އެޕްލިކޭޝަން ބޭނުންކުރުމުގެ ފުރުސަތު ހަމަޖެހިގެންދާނެއެވެ. މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުން ހަރުދަނާކޮށް، ބިދޭސީންނާ ގުޅުންހުރި މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމާޒަކީ ލުއި ފަސޭހަ ޚިދުމަތްތަކެއް ޒިންމާދާރުކަމާއެކު ފޯރުކޮށްދިނުން: ފަސީޙްޚަބަރު | 4 ގަޑިއިރު ކުރިން ބިދޭސީންގެ ޝަހްސު ދެނެގަތުމަށް ދިމާވާ ދަތިތަކަށް ހައްލު ޚަބަރު | 5 ގަޑިއިރު ކުރިންގަވާއިދާ ޚިލާފަށް އުޅެމުން ދިޔަ ބިދޭސީން ތަކެއް އަތުލައިގެންފިޚަބަރު | 5 ދުވަސް ކުރިންއިމިގްރޭޝަންގެ ވޯކިން އިންޓަވިއުގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެޚަބަރު | 9 ދުވަސް ކުރިން