logo
MPL

MPL

ޚަބަރު

އައްޑޫގައި ދުއްވަމުން ދިޔަ ކާރެއްގައި ރޯވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
12 ނޮވެމްބަރު 2025 - 18:51
އައްޑޫގައި ކާރުގައި ރޯވެފައި، ފޮޓޯ: އެމްއެންޑީއެފް
އައްޑޫގައި ކާރުގައި ރޯވެފައި، ފޮޓޯ: އެމްއެންޑީއެފް

 

އައްޑޫ ސިޓީގެ ހިތަދޫގައި ދުއްވަމުން ދިޔަ ކާރެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކާރުގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ މިހާރު ނިއްވާލާފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ 22:45 ހާއިރުއެވެ.

މި ރިޕޯޓް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އަލިފާން ރޯވި ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އެމްއެންޑީއެފްގެ ހަލުވި މަސައްކަތުން ކާރުގައި ރޯވި އަލިފާން އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވުނީ 23:11 ހާއިރުއެވެ.

މިހާދިސާގެ ފޮޓޯއިން ފެންނަ ގޮތުގައި ކާރުގައި ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ.

ކާރުގައި ރޯވާން ދިމާވި ސަބަބު އަދި ސާފެއްނުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީއީޒެޑް ތެރެއިން ގަވާއިދާ ހިލާފަށް އުޅުނު ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުން އަތުލައިގަނެފިޚަބަރު | 6 ދުވަސް ކުރިންގެއްލުނު 3 މީހުން ހޯދަން ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފިޚަބަރު | 2 މަސް ކުރިންގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފިޚަބަރު | 2 މަސް ކުރިންމަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެޚަބަރު | 3 މަސް ކުރިން