logo
Bank of Maldives

Bank of Maldives

ޚަބަރު

300 ކިލޯ ޑްރަގާއެކު އަތުލައިގަތް ލަންކާ މީހުންނާ ހަވާލުވާން ލަންކާގެ ކަނޑުމަތީ ސިފައިންގެ ޓީމެއް ރާއްޖެއަށް

އާމިނަތު ޝަފާ
10 ނޮވެމްބަރު 2025 - 04:47
300 ކިލޯ ޑްރަގާއެކު އަތުލައިގަތް ލަންކާ މީހުންނާ ހަވާލުވާން ލަންކާގެ ކަނޑުމަތީ ސިފައިންގެ ޓީމެއް ރާއްޖެއަށް

ދިވެހި އަސްކަރިއްޔާއިން ޑްރޯންގެ އެހީގައި 300 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓުގެ ފަޅުވެރިންނާ ހަވާލުވާން ލަންކާ ކަނޑުގެ ސިފައިންގެ ޓީމެއް ރާއްޖެ އައިސްފައިވާކަމަށް ލަންކާ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ލަންކާގެ ފުލުހުންގެ މީޑިއާ ތަރުޖަމާނާ ހަވާލާދީ ލަންކާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި 300 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓުގެ ފަޅުވެރިންގެ ގޮތުގައި ހިމެނޭ ލަންކާ މީހުން އަނބުރާ ގައުމަށް ގެންދިއުމުގެ މަޝްވަރާތައް މި ޓީމުންކުރާނެއެވެ. އަދި އަތުލައިގަތް 300 ކިލޯ މަސްތުވާތަކެތީގެ ތަހުޤީޤު މަރުޙަލާގައިވެސް އެ ޓީމުން ދިވެހި ފުލުހުންނަށް އެހީތެރިވާނެކަމަށް ލަންކާ ނޫސްތަކުން ރިޕޯޓްކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މަސްތުވާތަކެތީގެ އެ ކޮންސައިންމެންޓް އަތުލައިގަތީ ލަންކާގެ އިންޓެލިޖެންސް މަޢުލޫމާތަށް ބިނާކޮށް ދިވެހި އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައި ނޮވެންބަރު 5ވަނަ ދުވަހުގެ ރޭގަނޑު  ވ.ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.

އެ އޮޕަރޭޝަންގައި އެ ބޯޓާއި އެ ބޯޓުން ދަތުރުކުރި ހަ ފަޅުވެރިޔަކު ވަނީ ދިވެހި ސަލާމަތީ ޚިދުމަތްތަކުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކު ފުނާޑު އަވަށު ޗަސްބިން ސަރަޙައްދުގައި އަލިފާން ރޯވެއްޖެޚަބަރު | 9 ދުވަސް ކުރިންކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބިދޭސީއަކަށް އަނިޔާވެއްޖެޚަބަރު | 9 ދުވަސް ކުރިންމާލޭގެ ހަތް ތަނެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދަނީޚަބަރު | 12 ދުވަސް ކުރިންއެމްއެންޑީއެފުން ކުރިއަށްގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފިޚަބަރު | 15 ދުވަސް ކުރިން