ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު މިއަދު ހަވީރު ތިނަދޫ ސިޓީގައި
7 ނޮވެމްބަރު 2025 - 04:44

މިއަހަރުގެ ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު މިއަދު ހަވީރު ތިނަދޫ ސިޓީގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ތިނަދޫއަކީ 3 ނޮވެންބަރު 1988 ހަމަލާގައި ސިފައިންގެ ތެރެއިން އެންމެ ފުރަތަމަ ޝަހީދުވި ކޯޕަރަލް ޢަބްދުﷲ ޒުހައިރު ނިސްބަތްވެވަޑައިގަންނަވާ ރަށެވެ.
އެމްއެންޑީއެފްއިން ބުނީ ނަޞްރުގެ ދުވަހުގެ ފޮޓޯ މަޢުރަޒު، އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭއާއި އާއިލީ ހަވީރު ތިނަދޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
މިމަހުގެ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހު ކުރިއަށްގެންދާ މި މައުރަޒު އޮންނާނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އެގޮތުން މިއަދު ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް މައުރަޒު ކުރިއަށްދާނެއެވެ. އަދި މާދަމާ ހެނދުނު 9:00 އިން 12:00 އަށް، ހަވީރު 2:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް މައުރަޒު ކުރިއަށްދާނެއެވެ.

Ad by Hajj Corporation
ފަހުގެ ތާރީހުގައި ރާއްޖެ ދުށް އެންމެ ބިރުވެރި ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހެވެ. ދިވެހިންގެ ތެރެއިންގެ ގައުމަށް ޣައްދާރުވި ބަޔަކާއި އަވަށްޓެރި ލަންކާގައި ވަކިވެގަންނަން މަސައްކަތްކުރި ތަމަޅައިންގެ ޕްލޮޓް ޖަމާއަތުން ދިން ހަމަލާގައި 19 ދިވެހިންގެ ލޭ މި ދިވެހި ފަސްގަނޑަށް އޮހޮރުވާލިއެވެ.


