ލޭންޑިން ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ބިދޭސީ މީހާ މަރުވެއްޖެ
2 ނޮވެމްބަރު 2025 - 12:59
.jpeg&w=3840&q=75)
އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ބިދޭސީ މީހާ މަރުވެއްޖެއެވެ.
ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 3:44 ގައިކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Ad by Hajj Corporation
ހާދިސާ ހިނގިއިރު ލޭންޑިން ކްރާފްޓުގައި ޖުމްލަ 14 މީހުން ތިބިކަމަށާއި އެ އެންމެންވެސް މިހާރު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ހާދިސާގައި 6 މީހަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު ފަރުވާދެމުން ގެންދާ މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 2 ބިދޭސީއެކެވެ.
އޭގެ ތެރެއިން ބޮޑެތި އަނިޔާތަކެއްލިބި ހާލު ސީރިއަސްވި ބިދޭސީ މީހާ މަރުވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އިތުރުން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.


