ޝަހީދުންގެ ބިނާ ކައިރީ މިރޭ ބްލޭންކް ވަޒަން ޖަހާތީ އެކަމަށް ސަމާލުވާން އެދިއްޖެ
1 ނޮވެމްބަރު 2025 - 11:51

ނަސްރުގެ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ފަރިތަކުރުމުގެ ތެރެއިން މިރޭ މާލޭގައި ބްލޭންކްސް (ހަމައެކަނި އަޑުގޮވާ ވަޒަން) ޖަހާތީ މިކަމަށް އާންމުން ސަމާލުވުމަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން އެދިއްޖެއެވެ.
އެމްއެންޑީއެފްއިން ބުނީ، މިރޭ ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓްކުރުމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ފަރިތަކުރުމުގެ ތެރެއިން ޝަހީދުންގެ ބިނާ ކައިރީގައި މިރޭ 20:15 އާއި 22:00 އާ ދެމެދު ބްލޭންކްސް ފަޔާކުރާނެކަމަށެވެ.

Ad by Hajj Corporation
އެހެންކަމުން، މިރޭ ޝަހީދުންގެ ބިނާ ކައިރިން ދަތުރުކުރާ ފަރާތްތަކުންނާއި، އެ ސަރަހައްދުގައި އުޅޭ އާންމުން މި އަޑުތަކަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރައްވައެވެ
ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ދިވެހި ހާއިނުންނާއި ބޭރުގެ ނިރުބަވެރި ޖަމާއަތެއް ގުޅިގެން ދިން ކުއްލި ހަމަލާއިން ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ކުލަ ގަދަކޮށް ފާހަގަކުރާ ދުވަހެކެވެ. މި އަހަރު ވެސް މި ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.


