logo
ލ. އޮޅުވެލި ކައިރިން ބޯޓެއް އަޑިއަށްގޮސް ގެއްލުނު މީހަކު ހޯދަނީBank of Maldives

Bank of Maldives

ޚަބަރު

ލޭންޑިން ކްރާފްޓް ހާދިސާ: ފަރުވާ ދެމުން އަންނަ ދިވެއްސެއްގެ ހާލު ސީރިއަސް

މުހައްމަދު މޫސާމުހައްމަދު މޫސާ
2 ނޮވެމްބަރު 2025 - 14:13
އެމްބިއުލާންސެއް ދަތުރުކުރަނީ، ފޮޓޯ: އެމެޖެންސީ ވެހިކަލްސް އިންސްޓަގްރާމް ޕޭޖު
އެމްބިއުލާންސެއް ދަތުރުކުރަނީ، ފޮޓޯ: އެމެޖެންސީ ވެހިކަލްސް އިންސްޓަގްރާމް ޕޭޖު

މިއަދު މާލޭގެ އެމްޕީއެލް ސަރަހައްދާ ދިމާ ބޭރުގައި ލޭންޑިން ކްރާފްޓެއް ބަނޑުން ޖަހާލި ހާދިސާގައި އަނިޔާވި ދިވެއްސެއްގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެފިއެވެ.

ސީރިއަސް ހާލުގައި ފަރުވާދެމުން އަންނަ ދިވެހި މީހާއަކީ އުމުރުން 25 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާގައި ޖުމްލަ ހަ މީހަކަށް ފަރުވާ ދެމުން އަންނައިރު، މީގެ ތެރެއިން ބަންގްލަދޭޝްގެ ރައްޔިތެއް ވަނީ ނިޔާވެފައެވެ. ނިޔާވެފައިވާ ބިދޭސީއަކީ އުމުރުން 32 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މަސްއުދު ހޮސައިން އެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު ފަހު 15:44 ހާއިރުއެވެ. މީގެ އިތުރުން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން އިން ވެސް ވަނީ 16:39 ގައި ހަރަކާތްތެރިވާން ފަށާފައެވެ.

ހާދިސާ ހިނގިއިރު ކޮޅުވެއްޓީގައި ޖުމްލަ 14 މީހުން ތިބިކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވެއެވެ. އެ އެންމެން ވެސް ވަނީ ފެނިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެއްޖެޚަބަރު | 5 މިނިޓު ކުރިންލ. އޮޅުވެލި ކައިރިން ބޯޓެއް އަޑިއަށްގޮސް ގެއްލުނު މީހަކު ހޯދަނީޚަބަރު | 3 ގަޑިއިރު ކުރިންފީނަން ގޮސް އުޅުނު ނޭޕާލް މީހެއް މަރުވެއްޖެޚަބަރު | ދުވަހެއް ކުރިންމިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އޮންލައިން ވިޔަފާރީގެ ސްކޭމްތައްޚަބަރު | 2 ދުވަސް ކުރިން