logo
Bank of Maldives

Bank of Maldives

ޚަބަރު

ޑްރަގާއެކު ރާއްޖެއިން އަތުލައިގަތް ލަންކާ މަޝްވެރިން, އެ ޤައުމަށް ގެންދަން މަސައްކަތްކުރަނީ

އައިޝަތު ނަޝާ
9 ނޮވެމްބަރު 2025 - 06:52
ޑްރަގާއެކު ރާއްޖެއިން އަތުލައިގަތް ލަންކާ މަޝްވެރިން, އެ ޤައުމަށް ގެންދަން މަސައްކަތްކުރަނީ

ދިވެހި އަސްކަރިއްޔާއިން ޑްރޯންގެ އެހީގައި އަތުލައިގަތް 300 ކިލޯގެ މަސްތުވާތަކެތި އުފުލި ސްރީލަންކާގެ ބޯޓުގައި ތިބި މަސްވެރިން އަނބުރާ އެ ޤައުމަށް ގެންދެވޭތޯ އެ ޤައުމުން މަސައްކަތް ފަށައިފިއެވެ.

ލަންކާގެ ބައެއް ނޫސްތަކަށް ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު، އާނަންދަ ވިޖެޕަލަ ވިދާޅުވެފައިވަނީ އެކަމާއި ގުޅޭގޮތުން ރާއްޖޭގެ ޚާރިޖީ ވުޒާރާއާ މަޝްވަރާ ފަށާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ބޯޓުގައި ތިބީ ނެގަމްބޯއަށް ނިސްބަތްވާ މަސްވެރިންނެވެ.

ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އެ ބޯޓު މާލެ ސަރަހައްދަށް ގެނެސް މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާއިރު އެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ލަންކާގެ ފުލުހުންގެ ނާކޮޓިކްސް ބިއުރޯގެ ވަފުދެއްވެސް މިހާރު ރާއްޖެ ފުރާފައިވާކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

މިބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިޔައީ އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި މި ބޯޓު ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވި، ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކުރުމަށްފަހު އެވެ.

ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިންވެސް ވަނީ މި މައްސަލައާ ގުޅޭގޮތުން، ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ސާފުކުރުމަށް އަންގާފައެވެ.

މީގެ އިތުރުން ހަމަ އެހެން އޮޕަރޭޝަނެއްގައި ވެސް، ރާއްޖޭގެ އެސްއީޒެޑުގައި ގާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެ ބޯޓުތައް ހިފެހެއްޓީ އެމްއެންޑީއެފުން ބުނިގޮތުގައި، މިދިޔަ ބުދަ ދުވަހުގެ ރޭގަނޑު ވ. ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަންކާގެ އިތުރު ހޮސްޕިޓަލްތަކުން އާސަންދަ ލިބޭނެގޮތް ހެދުމުގެ މަސައްކަތް ފަށައިފިޚަބަރު | 6 ދުވަސް ކުރިންލޯންޗެއް އެކްސިޑެންޓްވެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެނީޚަބަރު | 6 ދުވަސް ކުރިންއަޟްހާ އީދު ފާހަގަކުރަން ވިލިމާލެއާ ދިމާ ބޭރުގައި މިރޭ ހަވާ އަރުވަނީޚަބަރު | 8 ދުވަސް ކުރިން"ޢީދު ހަވީރު 1447" މާލެ ސަރަހައްދުގައި ފަށައިފިޚަބަރު | 11 ދުވަސް ކުރިން