ހަފުތާ 104: 700 މީހުން ރިހިބިލިޓޭޝަން ފަރުވާ ފުރިހަމަކޮށްފި
17 ނޮވެމްބަރު 2025 - 04:11

އޮޕަރޭޝަން ފަނާރުގެ ދަށުން މިހާތަނަށް 700 މީހުން ރިހިބިލިޓޭޝަން ފަރުވާ ފުރިހަމަކޮށްފިއެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖުތަމައުއަށް އަނބުރާ ގެނައުމަށް ޚާއްޞަ ސިޔާސަތުތަކެއް ސަރުކާރުން އަންނަނީ އެކަށައަޅަމުންނެވެ. އެގޮތުން ފަރުވާ ފުރިހަމަކޮށް މުޖުތަމަޢުއަށް ނިކުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައި ދިނުމަށް ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ފަރާތްތަކާއެކު ދަނީ މަސައްކަތް ކުރަމުންނެވެ.

Ad by Hajj Corporation
ސަރުކާރުގެ ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޑްރަގްސްގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ވަނީ ގިނަގުނަ މަސައްކަތްތަކެއްކޮށްފައެވެ.
ޑިމާންޑް އެންޑް ހާމް ރިޑަކްޝަން
• ގްރޭޓަރ މާލޭ އޭރިޔާގައި ކުށްކުރާ މީހުންނާއި، މާލޭގެ މަގުތައް މަތީގައި ސަލާންޖަހާ މީހުންގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރާ 346 މީހުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެން.ޑީ.އޭ ގުޅިގެން އަލަށް ޤާއިމުކުރެވުނު ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރަށް ނަގައި ފަރުވާދޭން ވަނީ ފަށާފަ.
• ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން އަމުރާއި އެއްގޮތަށް ފަރުވާ ނުފެށި ވެއިޓްލިސްޓް ކުރެވިފައިވާ 700 ފަރާތްތަކަށް އަމާޒުކޮށް، އޮޕަރޭޝަން ފަނާރުގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައި އެ ހުރިހާ ފަރާތްތަކަށް ފަރުވާގެ ކަންތައްތައް ކުރިޔަށް ގެންދެވިފައިވޭ.
• ކޮމިއުނިޓީ ފަރުވާއަށް ޑްރަގް ކޯޓުން އަމުރުކޮށްފައިވާ ފަރާތްތަކުގެ ފަރުވާ މުޅި ރާއްޖެއަށް ފުޅާކުރުމުގެ ވިސްނުމުގައި، ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން އެންޑް ރީއިންޓަރގްރޭޝަން އެޕްރޯޗަކަށް ބަދަލުކޮށް، އެމީހަކު ހުރި ރަށަކުން ފަރުވާ ކުރިޔަށް ގެންދިޔުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތުގެ އެހީގައި ރަށްރަށުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ގުޅިގެން ރަށްރަށުގައި ފަރުވާ ކުރިޔަށް ގެންދެވޭނެ ގޮތް އިންތިޒާމުކޮށް އެއާއި އެއްގޮތަށް ފަރުވާގެ ޚިދުމަތްތައް 110 ރަށަކަށް މިހާރު ވަނީ ފުޅާކޮށްފަ.
• ރާއްޖޭގެ 03 ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާގެ އިންތިޒާމު ގާއިމުކުރުމުގެ ގޮތުން ލ. ގަން، ނ.ވެލިދޫ އަދި ކ. ކާށިދޫގައި ރިހެބިލިޓޭޝަން ސެންޓަރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފަށާފަ. މިއީ ރާއްޖޭގައި ޑްރަގްގެ ވަބާގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ބޭސް ފަރުވާއާ އަދި ފަރުވާގެ އެކި ޕްރޮގްރާމްތައް ހިންގުމަށް އަޅާ ސެންޓަރުތަކެވެ.
ޑްރަގް ރިހެބިލިޓޭޝަންގެ ފަރުވާ މިހާރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދެމުން އަންނަނީ މާލެ ސަރަހައްދުގައެވެ. އަތޮޅުތަކުގެ އެކި ހިސާބުތަކުގައި ޑްރަގް ފަރުވާގެ 6 ސެންޓަރު ހުރި ނަމަވެސް، އެންމެ ޒަމާނީ އެކަށީގެންވާ ފަރުވާ އެތަންތާންގައި ޤާއިމުވެފައެއް ނެތެވެ. ސަރުކާރުގެ ޢަމާޒަކީ އައު ސެންޓަރުތަކުގެ މަސައްކަތް ނިމިގެންދާއިރު، ފަރުވާގެ ވަށާޖެހޭ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިގެންދިއުމެވެ.
• ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރގެ ޚިދުމަތް ފުޅާކޮށް ހުޅުމާލޭ ހާފްވޭހައުސް އަދި ކ.ހިންމަފުށީ ޑްރަގް ޓްރީޓްމެންޓް ރިހެބިލިޓޭޝަން ސެންޓަރާއި، ޏ.ފުވައްމުލައް، ގދ.ތިނަދޫ ސެންޓަރުގައި ރިމާންޑް ޚިދުމަތް ދެވޭގޮތް ހަމަޖައްސައި ޚިދުމަތް ވަނީ ފުޅާކޮށްފަ.
• މެތަޑޯން މެއިންޓެނަންސް ޓްރީޓްމެންޓް ޕްރޮގްރާމްގެ ތެރެއިން، ހުޅުމާލޭ ހާފްވޭހައުސްގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ މެތަޑޯން ބޭސް ހުޅުމާލެއިން (ހާފްވޭހައުސް އިން) ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ.
ސަޕްލައި ރިޑަކްޝަން
• 17 ނޮވެމްބަރ 2023 އިން ފެށިގެން 30 ސެޕްޓެމްބަރ 2025ގެ ނިޔަލަށް 353 ޑްރަގް އޮޕަރޭޝަން ހިންގައި، މަސްތުވާތަކެއްޗާއިގުޅޭ 2093 ކޭސް ތަހުގީގުކޮށްފައިވޭ.
• 17 ނޮވެމްބަރ 2023 އިން ފެށިގެން 13 ނޮވެމްބަރ 2025ގެ ނިޔަލަށް 1150.60 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަވާއިރު މިތަކެތީގެ މަގުމަތީގެ އަގަކީ 2,217 މިލިއަން ދިވެހި ރުފިޔާ. މިއީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ މަސްތުވާތަކެތި ހިފެހެއްޓުނު 2 އަހަރު.
• 17 ނޮވެމްބަރ 2023 އިން ފެށިގެން 30 ސެޕްޓެމްބަރ 2025ގެ ނިޔަލަށް 15,520 ފުޅި ބަނގުރާ ޤަވާއިދާ ޚިލާފަށް ވިއްކަން މަސައްކަތްކުރަނިކޮށް އަތުލާފައިގެންފައިވޭ.


