logo
Bank of Maldives

Bank of Maldives

ޚަބަރު

ރަޖިސްޓަރޑް 333 މީޑިއާއެއް ދަފްތަރުގައި އެބައޮތް

ޢައްފާން މުޙައްމަދު
17 ނޮވެމްބަރު 2025 - 10:20
ރަޖިސްޓަރޑް 333 މީޑިއާއެއް ދަފްތަރުގައި އެބައޮތް

ރާއްޖޭގައި ރަޖިސްޓަރ ކޮށްގެން ހިންގާ 333 މީޑިއާއެއް، އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލި ދަފްތަރުގައި އެބައޮތްކަމަށް އެ ކޮމިޝަނުން އާންމުކުރި އިއުލާނަކުން އެނގިއްޖެއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ޢާންމުކުރި އިޢުލާނެއްގައި ވަނީ އެ ކޮމިޝަނުގެ ޤާނޫނުގެ ދަށުން 45 ދުވަހުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފުތަރެއް އެކުލަވާލައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުގެ މަތިން ދަފުތަރު މިހާރު ޢާންމުކޮށްފައިވާކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ދަފްތަރު ގެޒެޓުގައި ޝާއިއުކޮށްފައިވާއިރު، އެ ލިސްޓުގައިވާ ގޮތުން އޮންލައިން ނޫސްތަކާއި އެކެޑެމިކް ޖާނަލް އަދި އޮންލައިން މެގަޒިންގެ އިތުރުން ޕްރިންޓް ނިއުސްއާއި މެގަޒިން ހިނެނޭހެން ޖުމްލަ 333 މީޑިއާއެއް ރަޖިސްޓްރީކޮށްފައި އެބައޮތެވެ.

އެ ކޮމިޝަނުން ބުނީ، ރަޖިސްޓްރީކޮށްފައިވާ މީޑިއާއެއް ދަފުތަރުގައި ނެތް ނަމަ، ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ލިޔުމުން ޝަކުވާ ހުށަހަޅަންވާނެ ކަމަށެވެ. އެގޮތުން ކޮމިޝަނުގެ މެއިލް [email protected] އަދި ކޮމިޝަނުގެ ނަންބަރު 3003995 ގުޅައިގެން ޝަކުވާ ހުށަހަޅައި، މަޢުލޫމާތު އޮޅުންފިލުވޭނެކަމަށް އިޢުލާންގައިވެއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ވުޖޫދުވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ޤާނޫނު ވުޖޫދުވުމާއެކުއެވެ. މި ކޮމިޝަނުގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންގެ މައްޗަށެވެ.

އައު ޤާނޫނާއެކު ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވުޒާރާގެ ބަދަލުގައި ނޫސް މަޖައްލާތައް ރަޖިސްޓްރީކޮށްދޭނީ މި ކޮމިޝަނުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަޖިސްޓަރޑް 333 މީޑިއާއެއް ދަފްތަރުގައި އެބައޮތްޚަބަރު | 4 ގަޑިއިރު ކުރިންޢިއުލާން ބާތިލުކޮށް މީޑިއާތަކަށް މާލީ އެހީދިނުން އެމްއެމްބީސީގެ ދަށަށްޚަބަރު | 18 ދުވަސް ކުރިންމީޑިއާ ކޮމިޝަންގެ ރައީސަށް 59،000ރ.، ނައިބަށް 55،000ރ. އަދި މެންބަރުންނަށް 48،000ރ.ޚަބަރު | 18 ދުވަސް ކުރިން