logo
Bank of Maldives

Bank of Maldives

ޚަބަރު

މީޑިއާ ކޮމިޝަންގެ ރައީސަށް 59،000ރ.، ނައިބަށް 55،000ރ. އަދި މެންބަރުންނަށް 48،000ރ.

މުހައްމަދު މޫސާމުހައްމަދު މޫސާ
30 އޮކްޓޯބަރު 2025 - 03:10
މީޑިއާ ކޮމިޝަންގެ ރައީސަށް 59،000ރ.، ނައިބަށް 55،000ރ. އަދި މެންބަރުންނަށް 48،000ރ.

ރައްޔިތުންގެ މަޖިލިހުން ފާސްކުރި މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ޤާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) މެމްބަރުގެ މުސާރަ އާއި އިނާޔަތްތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ކަނޑައަޅައިފިއެވެ.

މިގޮތުން އެ ކޮމިޝަންގެ ރައީސަށް މުސާރައާއި އިނާޔަތްތަކާއެކު މަހަކު 59،000ރ. ލިބިވަޑައިގަންނަވާއިރު، ނައިބު ރައީސަށް 55،000ރ. ލިބިވަޑައިގަންނަވައެވެ. ކޮމިޝަންގެ މެންބަރުންނަށް 48،000ރ. ލިބޭނެ ކަމަށް ވަނީ ހަމަޖައްސާފައެވެ. މިއީ މުސާރައާއި، ލިވިން އަދި ފޯނު އެލަވަންސާއެކު ޖުމްލަ ލިބިވަޑައިގަންނަވާނެ ވަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކޮމިޝަންގައި ޖުމުލަ ހަތް މެންބަރުން ތިއްބަވާއިރު، އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން އައްޔަންކުރި ތިން މެންބަރަކާއި މީޑިއާ ދާއިރާއިން ހޮވި ހަތަރު މެންބަރުން ހިމެނެއެވެ. މީޑިއާ ދާއިރާ ހަރުދަނާކޮށް، ޒިންމާދާރުކުރުމުގެ މަގްސަދުގައި އުފެއްދި މި ކޮމިޝަނުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.

ކޮމިޝަންގެ ރައީސަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ސިވިލް ސަރވިސް ކޮމިޝަންގެ ކުރީގެ މެންބަރު މުޙައްމަދު ފަރުޝަތެވެ. ނައިބު ރައީސަކަށް ހޮވީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނެގުނު ވޯޓުން ޒަމްއަތު އަޙުމަދު ވަޙީދެވެ.

މި ކޮމިޝަނަށް މަޖިލީހުން އައްޔަންކުރި ތިން ބޭފުޅުންނަކީ މުޙައްމަދު ފަރުޝަތާއި، ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި، އެ ކޮމިޝަންގެ ކުރީގެ މެންބަރު އައިމިނަތު ސަރާޙަތު އިއްޒަތެވެ. މީޑިއާތަކުން ހޮވި ހަތަރު ބޭފުޅުންނަކީ އަބްދުލްއަޒީޒް އިބްރާހިމާއި، ޒަމްއަތު އަޙުމަދު ވަޙީދާއި، ސިމާހާ ނަސީމާއި، ޙުސައިން ސަގީފެވެ. މި ހަތަރު ބޭފުޅުން ކޮމިޝަނަށް ވަޑައިގަތީ އެ މަގާމަށް ކުރިމަތިލެއްވީ އެންމެ ހަތަރު ބޭފުޅުން ކަމަށް ވުމުން އިންތިހާބަކާ ނުލައެވެ.

މި ކޮމިޝަނަކީ ރާއްޖޭގެ މީޑިއާ ކައުންސިލާއި، ބްރޮޑް ކާސްޓިން ކޮމިޝަން އެއްކޮށްލައި އުފެއްދި މުއައްސަސާއެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލީ އެހީއަށް އެދުމުގެ ފުރުސަތު މީޑިއާތަކަށް ހުޅުވާލައިފި ޚަބަރު | 4 ގަޑިއިރު ކުރިންރަޖިސްޓަރޑް 333 މީޑިއާއެއް ދަފްތަރުގައި އެބައޮތްޚަބަރު | މަހެއް ކުރިންޢިއުލާން ބާތިލުކޮށް މީޑިއާތަކަށް މާލީ އެހީދިނުން އެމްއެމްބީސީގެ ދަށަށްޚަބަރު | 2 މަސް ކުރިންމީޑިއާ ކޮމިޝަންގެ ރައީސަށް 59،000ރ.، ނައިބަށް 55،000ރ. އަދި މެންބަރުންނަށް 48،000ރ.ޚަބަރު | 2 މަސް ކުރިން