logo
ކުއްލި ޚަބަރު: ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިBank of Maldives

Bank of Maldives

ޚަބަރު

މާލީ އެހީއަށް އެދުމުގެ ފުރުސަތު މީޑިއާތަކަށް ހުޅުވާލައިފި

އާމިނަތު ޝަފާ
26 ޑިސެމްބަރު 2025 - 05:31
 މާލީ އެހީއަށް އެދުމުގެ ފުރުސަތު މީޑިއާތަކަށް ހުޅުވާލައިފި

ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުންވަނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލާފައިވާކަމަށް ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެމްބީސީއިން ބުނީ، އެކަމަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 28 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ކަމަށެވެ. މާލީ އެހީތެރިކަން ދިނުމާބެހޭ ތަފްސީލު މީޑިއާތަކަށް 2025 ވަނަ އަހަރު މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު ގައި ހިމެނިފައިވާނެ ކަމަށް ވެސް އެމްއެމްބީސީން މައުލޫމާތުދެއެވެ. މިކަމަށް އެދި ހުށަހަޅާނީ މިކަމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށްކަމަށް އިއުލާނުގައިވެއެވެ.

ޕޯޓަލްގެ ލިންކްއަކީ:  https://mediaapp.one.gov.mvއެވެ.

އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލިއިރު މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ތަންފީޒު ކުރުމުގެ ގޮތުން ރަޖިސްޓަރީ ކޮށްގެން ހިންގާތާ އެއް އަހަރު ދުވަސްވެފައިވާ މީޑިއާތަކަކަށްވެސް ދައުލަތުގެ މާލީ އެހީ ލިބޭގޮތަށް އެކަމާއި ގުޅޭ އުސޫލަށް ވަނީ ބަދަލުގެނެސްފައެވެ.

އައު އުސޫލުގެ ދަށުން، މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ރަޖިސްޓަރީކޮށް، ލައިސަންސް ލިބިގެން މެދުނުކެނޑި ހިންގަމުންދާ މީޑިއާތަކަށް މި އެހީއަށް އެދުމުގެ ފުރުސަތު ލިބޭނެއެވެ. މި ބަދަލާއެކު، ކުރިން ޝަރުތު ހަމަވި 18 މީޑިއާގެ ބަދަލުގައި، ގާތްގަނޑަކަށް 60 މީޑިއާއަކަށް ދައުލަތުގެ އެހީ ލިބޭނެކަމަށް ލަފާކުރެވޭކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލީ އެހީއަށް އެދުމުގެ ފުރުސަތު މީޑިއާތަކަށް ހުޅުވާލައިފި ޚަބަރު | 2 ގަޑިއިރު ކުރިންރަޖިސްޓަރޑް 333 މީޑިއާއެއް ދަފްތަރުގައި އެބައޮތްޚަބަރު | މަހެއް ކުރިންޢިއުލާން ބާތިލުކޮށް މީޑިއާތަކަށް މާލީ އެހީދިނުން އެމްއެމްބީސީގެ ދަށަށްޚަބަރު | 2 މަސް ކުރިންމީޑިއާ ކޮމިޝަންގެ ރައީސަށް 59،000ރ.، ނައިބަށް 55،000ރ. އަދި މެންބަރުންނަށް 48،000ރ.ޚަބަރު | 2 މަސް ކުރިން