logo
Bank of Maldives

Bank of Maldives

ޚަބަރު

ޢިއުލާން ބާތިލުކޮށް މީޑިއާތަކަށް މާލީ އެހީދިނުން އެމްއެމްބީސީގެ ދަށަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
30 އޮކްޓޯބަރު 2025 - 10:08
ޢިއުލާން ބާތިލުކޮށް މީޑިއާތަކަށް މާލީ އެހީދިނުން އެމްއެމްބީސީގެ ދަށަށް

ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމަށް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން ކުރި ޢިއުލާން މިއަދު ބާތިލުކޮށް، އެ މަސައްކަތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އާ ހަވާލުކޮށްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ އުސޫލާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ ކަމަށް މިނިސްޓްރީން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަން ހާމަކުރައްވަމުން އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލުގެ ދަށުން މާލީ އެހީތެރިކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ބައެއް މީޑިއާ ތަކާއި އަމިއްލަ ބައެއް ފަރާތްތަކުން އެ އުސޫލާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މިނިސްޓްރީން ބުނީ، މި އުސޫލު އެކުލަވާލެވިފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައި، މީޑިއާތައް ތަމްސީލު ކުރުމަށް ވަކި މުއައްސަސާއެއް ގާއިމުކުރުމުގެ މަރުހަލާގައި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ލަފަޔާ އެކުގައި ނަމަވެސް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އުފެދުމާއެކު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާގުޅޭ އެންމެހައި ކަންކަން މިނިވަން ކަމާއެކު ކުރުމަށް އެންމެ އެކަށީގެން ވަނީ އެމްއެމްބީސީ އިން ކަމަށް މި މިނިސްޓްރީން ދެކޭތީ ކަމަށެވެ. މިހެންވެ، މިނިސްޓްރީން ކުރި ޢިއުލާންތައް ބާތިލުކޮށް، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އެންމެހައި ކަންކަން އެމްއެމްބީސީ އާ ޙަވާލުކުރުމަށް ވަނީ ނިންމާފައެވެ.

މި ބަދަލާއެކު، މިކަމާބެހޭގޮތުން މިނިސްޓްރީން ކުރިން ކުރި ދެ ޢިއުލާންއާ ގުޅިގެން ލިބުނު ހުށަހެޅުންތަކުގެ ދަށުން އެކުލަވާލި އިޤްރާރުވެސް މިހިސާބުން ބާތިލުކުރެވިފައިވާ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން  ކުރިން ކަނޑައެޅިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައު ގަވާއިދާއެކު މިއުޅެނީ މީޑިއާގެ މިނިވަންކަން ހިފަހައްޓާކަށް ނޫން، އިތުރު ހަރުފަތަކަށް ގެންދަން: ޖަވާދުޚަބަރު | 7 ދުވަސް ކުރިންނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމުގެ އައު ގަވާއިދު ގެޒެޓުކޮށްފިޚަބަރު | 8 ދުވަސް ކުރިންމީޑިއާ ކޮމިޝަނަށް ޝަކުވާ ހުށަހެޅުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދު ގެޒެޓްކޮށްފިޚަބަރު | 8 ދުވަސް ކުރިންހަނގުރާމަ އާ ގުޅޭ ޚަބަރާއި މައުލޫމާތުގެ މަފްހޫމު ނުގެއްލޭގޮތަށް ގެނެސްދިނުމަށް އެދިއްޖެޚަބަރު | މަހެއް ކުރިން