logo
Bank of Maldives

Bank of Maldives

ޚަބަރު

ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމުގެ އައު ގަވާއިދު ގެޒެޓުކޮށްފި

ޒިދާން މުޙައްމަދު
28 އޭޕްރީލު 2026 - 11:08
ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމުގެ އައު ގަވާއިދު ގެޒެޓުކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން "ނޫސް މަޖައްލާ ރަޖިސްޓަރީކުރުމުގެ ގަވާއިދު" ގެ ނަމުގައި އައު ގަވާއިދެއް އެކުލަވައިލައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.

މި ގަވާއިދަކީ ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 7 ވަނަ ބާބަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ މަޤުޞަދަކީ ނޫސް މަޖައްލާ ރަޖިސްޓަރީކޮށް ޝާއިޢުކުރުމުގައި ޢަމަލުކުރަންވީ ހަމަތައް ދެފުށް ފެންނާނެ ގޮތަށް ބަޔާންކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގަވާއިދުގައިވާ ގޮތުން ނޫސް މަޖައްލާގެ ޚިދުމަތްތައް ބެހިގެންވަނީ ނޫސް، މަޖައްލާ، ނިއުސް ލެޓަރ އަދި ޖާނަލް ހިމެނޭ ގޮތަށް 4 ބާވަތަށެވެ. އަދި ޚިދުމަތް ދިނުމަށް ބޭނުންކުރެވޭ ވަސީލަތްތައް ބެހިގެންވަނީ ޕްރިންޓް، ވެބްސައިޓް، ސޯޝަލް މީޑިއާ، އެޕްލިކޭޝަން އަދި އިލެކްޓްރޯނިކް މީޑިއާ ހިމެނޭ ގޮތަށް 5 ބައެއްގެ މައްޗަށެވެ.

މި ގަވާއިދުގައި ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމާއި، ރަޖިސްޓަރީގެ މުއްދަތާއި، ފީތަކާއި، ރަޖިސްޓަރީ އައުކުރުމާއި ބާޠިލުކުރުމުގެ އިތުރުން މަސްއޫލުވެރިޔާއާއި އެޑިޓަރުގެ ޝަރުޠުތަކާއި ޒިންމާތަކާއި ސުލޫކީ މިންގަނޑުތައް ވެސް ކަނޑައަޅައިފައިވެއެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ދިވެހިރާއްޖޭގައި އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ޝާއިޢުކުރަންވާނީ ރަޖިސްޓަރީކޮށްގެން ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމުގެ އައު ގަވާއިދު ގެޒެޓުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންމީޑިއާ ކޮމިޝަނަށް ޝަކުވާ ހުށަހެޅުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދު ގެޒެޓްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންހަނގުރާމަ އާ ގުޅޭ ޚަބަރާއި މައުލޫމާތުގެ މަފްހޫމު ނުގެއްލޭގޮތަށް ގެނެސްދިނުމަށް އެދިއްޖެޚަބަރު | މަހެއް ކުރިންމާލީ އެހީއަށް އެދުނީ 57 މީޑިއާ، ޝަރުތު ހަމަވީ 41 މީޑިއާޚަބަރު | 4 މަސް ކުރިން