logo
Bank of Maldives

Bank of Maldives

ޚަބަރު

ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމަށް އެމްއެމްބީސީން ސުންގަޑިއެއް ކަނޑައަޅައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
9 ސެޕްޓެމްބަރު 2026 - 04:15
އެމްއެމްބީސީގެ ރައީސް
އެމްއެމްބީސީގެ ރައީސް

ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ ދަށުން ރީ-ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތައް އަންނަ އޮކްޓޯބަރު މަހުގެ 27 ގެ ފަހުން ބާތިލުކުރާނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ބުނެފިއެވެ.

އެމްއެމްބީސީން ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގަމުން ގެންދާ ނޫސް މަޖައްލާތައް 'ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ ގަވާއިދު' ގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ރީ-ރަޖިސްޓްރީކޮށް ރެކޯޑު އަދާހަމަކުރަން ޖެހެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ކޮމިޝަނުން ބުނި ގޮތުގައި އެކަމަށް ދެވިފައިވާ އެންމެ ފަހުގެ ތާރީޚަކީ އަންނަ އޮކްޓޯބަރު މަހުގެ 27 އެވެ. އަދި އެ މުއްދަތު ހަމަވާއިރު ރީ-ރަޖިސްޓްރީކޮށް ރިކޯޑު އަދާހަމަ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓަރީތައް، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބާތިލުކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި ހިންގަމުން އަންނަ ނޫސް މަޖައްލާތައް މީގެ ކުރިން ރަޖިސްޓްރީކުރަމުން އައީ ޔޫތު މިނިސްޓްރީގައެވެ. ނަމަވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ވުޖޫދުވުމާ ގުޅިގެން، ނޫސް މަޖައްލާތައް ރަޖިސްޓްރީކޮށް ދަފްތަރު ބެލެހެއްޓުމުގެ އެންމެހައި ޒިންމާތައް މިހާރު ހަވާލުކޮށްފައި ވަނީ އެ ކޮމިޝަނާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމަށް އެމްއެމްބީސީން ސުންގަޑިއެއް ކަނޑައަޅައިފިޚަބަރު | 35 މިނިޓު ކުރިންއައު ގަވާއިދާއެކު މިއުޅެނީ މީޑިއާގެ މިނިވަންކަން ހިފަހައްޓާކަށް ނޫން، އިތުރު ހަރުފަތަކަށް ގެންދަން: ޖަވާދުޚަބަރު | 4 މަސް ކުރިންނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމުގެ އައު ގަވާއިދު ގެޒެޓުކޮށްފިޚަބަރު | 4 މަސް ކުރިންމީޑިއާ ކޮމިޝަނަށް ޝަކުވާ ހުށަހެޅުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދު ގެޒެޓްކޮށްފިޚަބަރު | 4 މަސް ކުރިން