logo
Bank of Maldives

Bank of Maldives

ޚަބަރު

އައު ގަވާއިދާއެކު މިއުޅެނީ މީޑިއާގެ މިނިވަންކަން ހިފަހައްޓާކަށް ނޫން، އިތުރު ހަރުފަތަކަށް ގެންދަން: ޖަވާދު

މުޙައްމަދު އަފްރާޙް
29 އޭޕްރީލު 2026 - 18:26
އައު ގަވާއިދާއެކު މިއުޅެނީ މީޑިއާގެ މިނިވަންކަން ހިފަހައްޓާކަށް ނޫން، އިތުރު ހަރުފަތަކަށް ގެންދަން: ޖަވާދު

ގާނޫނާ އައު ގަވާއިދާއެކު މީޑިއާ ދާނީ އިތުރު ހަރުފަތަކަށް ކަމަށް ޑިރެކްޓަރ މީޑިއާ ރިލޭޝަން މުހައްމަދު ޖަވާދު ޔޫސުފް ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޖަވާދު ވިދާޅުވީ ލިޔާ އެއްޗެއްގެ ސަބަބުން ވަރަށް ޓެންޝަން ބޮޑު މުޖުތަމައަަކަށް ވެސް ދެވިދާނެ ކަމަށާއި އެހެންކަމުން ބަލަންވީ ޒިންމާދާރު ގޮތެއްގައި މިކަން ކުރުމަށް ކަމަށް ކަމަށެވެ. އަދި މިއީ އެއްވެސް ހާލެއްގައި މީހަކަށް ނުވަތަ ބަޔަކަށް އުނދަގޫކުރުން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބޭނުމަކީ ރަނގަޅަށް ކަންކަން ގެންދިއުމަށް އެހީތެރިވެދޭ ފަރާތެއް ކަމަށާއި ގައުމުގެ ހަމަޖެހުމާއި ހާލަތު މިއަށްވުރެ ރަނގަޅުކުރުމަކީ ކުރީގަހުރި ހާލަތުން އަރައިގަނެގެން ތަސައްރަފް ފުދިފައިވާ ހާލަތަކަށް ގެންދިއުމަށް މަސައްކަތް ކުރުމަކީ އަސްލު މަގުސަދުކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.

ޖަވާދު އިތުރުން ޖަވާދު ވަނީ ދީފައި އޮތް މިނިވަންކަން ހެޔޮގޮތުގައި ބޭނުންކުރުމަށާއި އެއިން ގައުމަށާއި ތިމާއަށާއި އަނެކާ އަށް އަދި ނޫހަށާއި މުޖުތަމައަށާއި މީޑިއާ ކޮމިއުނިޓީ އަށް ވެސް އެންމެބޮޑަށް ބޭނުންވާނެ ގޮތަށް ބޭނުން ކުރުމަށް އެދިވަޑައިގެންފައެވެ. މީޑިއާގެ އިތުބާރު ރައްޔިތުންނަށް ލިބުނުވަރަކަށް މީޑިއާގެ ގަދަތު ބޮޑުވާނެކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަން އަންނާނީ ލިޔުންތަކާއި ޚަބަރުތައް ލިޔާ ފެންވަރަކުން ކަމަށް ވެސް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައު ގަވާއިދާއެކު މިއުޅެނީ މީޑިއާގެ މިނިވަންކަން ހިފަހައްޓާކަށް ނޫން، އިތުރު ހަރުފަތަކަށް ގެންދަން: ޖަވާދުޚަބަރު | 2 ގަޑިއިރު ކުރިންނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމުގެ އައު ގަވާއިދު ގެޒެޓުކޮށްފިޚަބަރު | ދުވަހެއް ކުރިންމީޑިއާ ކޮމިޝަނަށް ޝަކުވާ ހުށަހެޅުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދު ގެޒެޓްކޮށްފިޚަބަރު | ދުވަހެއް ކުރިންހަނގުރާމަ އާ ގުޅޭ ޚަބަރާއި މައުލޫމާތުގެ މަފްހޫމު ނުގެއްލޭގޮތަށް ގެނެސްދިނުމަށް އެދިއްޖެޚަބަރު | މަހެއް ކުރިން