logo
Bank of Maldives

Bank of Maldives

ޚަބަރު

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބަށް އޮފިޝަލުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ނޮވެމްބަރު 2025 - 15:30
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބަށް އޮފިޝަލުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުރުސަތު ހުޅުވާލައިފިއެވެ.

މި އިންތިޚާބުތަކުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދޭ ފަރާތްތަކުން އީސީގެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީސީން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ https://my.elections.gov.mv މި ލިންކް މެދުވެރިކޮށެވެ.

ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ޕޯޓަލްއަށް ލޮގިން ކުރެވޭނީ ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށެވެ. އަދި ޕޯޓަލްއަށް އަޕްލޯޑް ކުރެވޭނީ ހަމައެކަނި ޕީ.ޑީ.އެފް ފައިލްކަމަށް އީސީން ބުނެއެވެ. ފޯމު އަޕްލޯޑުވުމުން ފޯމުގެ ސްޓޭޓަސް ޕޯޓަލްއިން ފެންނާނެއެވެ.

އޮފިޝަލުންނަށް ވުމުގެ ޝަރުތުތައް

އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ މުހިންމު ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ޢުމުރުން 18 އަހަރުވެފައިވުމާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިޚާބީ މަޤާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ މަޤާމެއް ފުރާ މީހެއްކަމުގައި ނުވުން ހިމެނެއެވެ. މީގެ އިތުރުން، ސިޔާސީ ޙަރަކާތްތަކުގައި އިސް ރޯލެއް އަދާކުރާ މީހަކު ކަމުގައި ނުވުމާއި، އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި ބައިވެރިވާ މީހަކު ކަމުގައި ނުވުމަށް ވެސް ވަނީ އަންގާފައެވެ. އަދި އިންތިޚާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ ޢާއިލީ މެމްބަރެއް (މަންމަ، ބައްޕަ، އަނތްބެއް، ފިރިއެއް، ދަރިއެއް، އެއްބަނޑު އެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ ކޮންމެ މީހެއް) ކަމުގައި ވެސް ވެގެން ނުވާނެއެވެ. އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއް، ކެންޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލައިފައިވާ މީހަކު ކަމުގައި ވެސް ވެގެން ނުވާނެއެވެ.

އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހި މަސައްކަތްކުރެވޭނެ މީހަކު ކަމުގައި ވާންޖެހެއެވެ. މީގެ އިތުރުން، ވޭތުވެދިޔަ އިންތިޚާބެއްގައި އެއްވެސް މައްސަލައެއް ދިމާވެ، ބްލެކްލިސްޓް ކޮށްފައިވާ ފަރާތެއްކަމުގައި ނުވުމާއި، ސްކޫލު ދަރިވަރަކު ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 2025 ޑިސެންބަރ 21 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން އީސީން ވަނީ ފުރުސަތު ދީފައެވެ.

ބޭނުންވާ ޢަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެކަމަށް އީސީން ބުންޏެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބަށް އޮފިޝަލުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 4 ގަޑިއިރު ކުރިންސިޔާސީ 5 ޕާޓީއަކަށް 27 މިލިޔަން ރުފިޔާ ދޫކޮށްފިޚަބަރު | 8 ދުވަސް ކުރިންކޯޓުގެ ހުކުމާއެކު ލޭބަރ ޕާޓީ އިއާދަކޮށްފި، ރާއްޖޭގައި ޖުމްލަ 9 ސިޔާސީ ޕާޓީޚަބަރު | 16 ދުވަސް ކުރިންއައްޑޫސިޓީ ވޯޓުގެ ދާއިމީ ނަތީޖާ އިއުލާން ކޮއްފިޚަބަރު | 22 ދުވަސް ކުރިން