logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫސިޓީ ވޯޓުގެ ދާއިމީ ނަތީޖާ އިއުލާން ކޮއްފި

އައިޝަތު ނަޝާ
26 އޮކްޓޯބަރު 2025 - 10:40
އައްޑޫސިޓީ  ވޯޓުގެ ދާއިމީ ނަތީޖާ އިއުލާން ކޮއްފި

އައްޑޫ ސިޓީ ކައުންސިލުން އެ އަތޮޅު ފޭދޫ، ހުޅުދޫ އަދި މީދޫ ވަކިވާން ފެނޭތޯ ބެލުމަށް އިއްޔެ ނެގި އާންމު ވޯޓުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ރަސްމީ ނަތީޖާއިން ދައްކާ ގޮތުގައި އިއްޔެ ކުރިއަށް ގެންދިޔަ ވޯޓުގައި ބައިވެރިވެ ވޯޓު ދިނީ ވަރަށް މަދު ބައެކެވެ.އެ ކޮމިޝަނުން އިއުލާންކުރި ދާއިމީ ނަތީޖާ ދައްކާގޮތުން ،އައްޑޫގެ ހުޅުދޫއާއި މީދޫ ރައްޔިތުންގެ އަޤްލަބިއްޔަތު ތާޢީދުކޮށްފައިވަނީ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށަށް ވަކި ދެ ރަށު ކައުންސިލް އުފެއްދުމަށެވެ. ނަމަވެސް ފޭދޫ މީހުންގެ އަޤްލަބިއްޔަތު ތާއީދުކޮށްފައިވަނީ ސިޓީ ކައުންސިލާއެކު ދެމިތިބޭށެވެ.

Ad by Hajj Corporation

Ad by Hajj Corporation

.އިއްޔެ ކުރިއަށް ގެންދިޔަ ވޯޓުގައި މީދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 847 މީހުން ވޯޓު ދިނެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 144 މީހުންނެވެ. އެ ރަށުގެ ވޯޓުލެވޭ މީހުންގެ ޖުމުލަ އާބާދީއަކީ 2347 އެކެވެ.އެހެންކަމަުން މީދޫ ކައުންސިލް އުފައްދަން ފެންނަ ކަމަށް ނިންމާފައި ވަނީ މީދޫގެ ވޯޓުލެވޭ އާބާދީގެ އިންސައްތައަށް ބަލާއިރު 42.95 އިންސައްތަ މީހުންގެ ވޯޓުންނެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ވޯޓުގައި ހުޅުދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 723 މީހުން ވޯޓު ދިނެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 329 މީހުންނެވެ. އެ ރަށުގެ ވޯޓުލެވޭ މީހުންގެ ޖުމުލަ އާބާދީއަކީ 2874 އެކެވެ. ހުޅުދޫ ކައުންސިލް އުފައްދަން ފެންނަކަމަށް ނިންމާފައި ވަނީ ހުޅުދޫގެ ވޯޓުލެވޭ އާބާދީގެއިންސައްތައިން 37.20އިންސައްތަ މީހުންގެ ވޯޓުންނެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ވޯޓުގައި ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1784 މީހުން ވޯޓު ދީފައިވާއިރު، ފެންނަ ކަމަށް ވޯޓު ދިނީ 616 މީހުންނެވެ. އެ ރަށުގެ ވޯޓުލެވޭ މީހުންގެ ޖުމުލަ އާބާދީއަކީ 4355 އެކެވެ.އެހެންކަމުން އައްޑޫ ސިޓީން ވަކިނުވެ، އެ ސިޓީގެ އިދާރީ ހިންގުމުގެ ތެރޭގައި އޮތުމަށް ފޭދޫ ރައްޔިތުން ނިންމީ ފޭޑޫގެ ވޯޓުލެވޭ އާބާދީގެ 55.94 އިންސައްތަ މީހުންގެ ވޯޓުންނެވެ.

އައްޑޫ 3 ރަށެއްގެ ރައްޔިތުންގެ މެދުގައި އިއްޔެ ނެގި ޚިޔާލު ހޯދުމުގެ ވޯޓަކީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތް ބަދަލުކޮށް، އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނެގި ވޯޓެކެވެ. އަދި މިވޯޓަކީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަކި ޤާނޫނެއް ހަދައިގެން، އެ ޤާނޫނުގެ ދަށުން ނެގި ޚިޔާލު ހޯދުމުގެ ފުރަތަމަ ވޯޓެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫސިޓީ ވޯޓުގެ ދާއިމީ ނަތީޖާ އިއުލާން ކޮއްފިޚަބަރު | 4 ގަޑިއިރު ކުރިންމީދޫގެ 100 އިންސައްތަ ރައްޔިތުން ވޯޓް ދިނަސް ނަތީޖާއަށް ބަދަލެއް ނާންނާނެކަން ޔަގީން: ޢަބްދުއްރަހްމާންޚަބަރު | 7 ގަޑިއިރު ކުރިންސިޓީ ކައުންސިލުން މީދޫއާއި ހުޅުދޫ ވަކިވާން ނިންމި ނިންމުން ފާހަގަކުރަން ހަވާ އަރުވަނީޚަބަރު | 7 ގަޑިއިރު ކުރިންއައްޑޫ ވޯޓުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ފުރިހަމަ އިންތިޒާމުތަކެއްގެ ތެރެއިން: އެޗްއާރުސީއެމްޚަބަރު | 7 ގަޑިއިރު ކުރިން