logo
Bank of Maldives

Bank of Maldives

ޚަބަރު

ސިޓީ ކައުންސިލުން މީދޫއާއި ހުޅުދޫ ވަކިވާން ނިންމި ނިންމުން ފާހަގަކުރަން ހަވާ އަރުވަނީ

ޢައްފާން މުޙައްމަދު
26 އޮކްޓޯބަރު 2025 - 07:16
ސިޓީ ކައުންސިލުން މީދޫއާއި ހުޅުދޫ ވަކިވާން ނިންމި ނިންމުން ފާހަގަކުރަން ހަވާ އަރުވަނީ

އައްްޑޫ ހުޅުދޫ އާއި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ދެ ރަށުގެ ރައްޔިތުން ނިންމި ނިންމުމާ ގުޅިގެން އެކަމުގެ އުފާ ފާޅުކުރުމަށް ޚާއްސަ ހަރަކާތެއް މިރޭ ބާއްވަން ތައްޔާރުވެއްޖެއެވެ.

މިއީ ދެ ރަށުގެ ރައްޔިތުންގެ ނިންމުން ފާހަގަކުރުމަށް ދެ ރަށް ގުޅިގެން ބާއްވާ ހަރަކާތެކެވެ.

ހުޅުދޫގައި ހަވާ އެރުވުމާއެކު މިރޭ ހާއްސަ އިވެންޓެއް ވެސް ބާއްވާއިރު، މި އިވެންޓް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 20:30 ގައި ހުޅުމީދޫ މެދު ބަނދަރު ސަރަހައްދުގައެވެ. އަދި ދެ ރަށް ތަމްސީލް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މުޙައްމަދު ޝާހިދު އާއި އަބްދުއްރަޙުމާން ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އައްޑޫގައި ވަކިވަކި ކައުންސިލް އުފައްދަން ފެނޭތޯ ބަލަން އާންމުން ހިޔާލު ނެގުމުގެ ވޯޓު ނެގީ އިއްޔެއެވެ. މިއީ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ މެދުގައި ނެގުނު ވޯޓެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ހުޅުދޫ އަދި މީދޫގެވެސް ރައްޔިތުންގެ އަޣުލަބިއްޔަތުން ރުހުން ދީފައިވަނީ ވަކި ކައުންސިލްތައް އުފެއްދުމަށެވެ. ނަމަވެސް ފޭދޫގެ ރައްޔިތުން ނިންމާފައިވަނީ އިދާރީ ގޮތުން ވަކި ނުވުމަށެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 9576 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 4513 މީހުންނެވެ.

ވޯޓު ދާއިމީ ނަތީޖާ އިޢުލާންކުރުން އޮންނާނީ މިއަދުގެ ވަގުތެއްގައެވެ. މި ވޯޓުގެ ދާއިމީ ނަތީޖާ އިއުލާންކުރުމާއެކު ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކައުންސިލްތައް ބަދަލުކުރުމުގެ މަސައްކަތް ފެށޭނެއެވެ.

އައްޑޫގެ ރަށްރަށުގެ މެދުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ވޯޓެއް ނެގީ ބައެއް ރަށްރަށުން މައި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިފައިވާތީއެވެ. ނަމަވެސް މި ވޯޓުގައި ސަރުކާރުން ވަކި ގޮތަކަށް ތާޢީދުކޮށް، ވަކާލާތުކޮށްފައެއް ނުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫސިޓީ ވޯޓުގެ ދާއިމީ ނަތީޖާ އިއުލާން ކޮއްފިޚަބަރު | 3 ގަޑިއިރު ކުރިންމީދޫގެ 100 އިންސައްތަ ރައްޔިތުން ވޯޓް ދިނަސް ނަތީޖާއަށް ބަދަލެއް ނާންނާނެކަން ޔަގީން: ޢަބްދުއްރަހްމާންޚަބަރު | 6 ގަޑިއިރު ކުރިންސިޓީ ކައުންސިލުން މީދޫއާއި ހުޅުދޫ ވަކިވާން ނިންމި ނިންމުން ފާހަގަކުރަން ހަވާ އަރުވަނީޚަބަރު | 6 ގަޑިއިރު ކުރިންއައްޑޫ ވޯޓުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ފުރިހަމަ އިންތިޒާމުތަކެއްގެ ތެރެއިން: އެޗްއާރުސީއެމްޚަބަރު | 6 ގަޑިއިރު ކުރިން