logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ ވޯޓުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ފުރިހަމަ އިންތިޒާމުތަކެއްގެ ތެރެއިން: އެޗްއާރުސީއެމް

ޢައްފާން މުޙައްމަދު
26 އޮކްޓޯބަރު 2025 - 07:04
ފޭދޫގައި ބަހައްޓާފައިވާ ވޯޓުފޮއްޓެއް ގުނުމުގެ މަސައްކަތް އީސީގެ އޮފިޝަލުން ފަށަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފޭދޫގައި ބަހައްޓާފައިވާ ވޯޓުފޮއްޓެއް ގުނުމުގެ މަސައްކަތް އީސީގެ އޮފިޝަލުން ފަށަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އައްޑޫގައި ސިޓީ ކައުންސިލް އޮންނަ ގޮތާމެދު ޚިޔާލު ހޯދުމަށް ނެގި ވޯޓުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވަނީ ފުރިހަމަ އިންތިޒާމުތަކެއްގެ ތެރެއިންކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

ވޯޓުގެ ކަންކަން މޮނިޓަރކުރުމަށްފަހު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ހިމަނުއްވައިފައިވާ ސުވާލުތަކާ މެދު، އައްޑު އަތޮޅު ހުޅުދޫ، މީދޫ އަދި ފޭދޫގެ ރައްޔިތުން ދެކޭގޮތް ބެލުމަށް ބޭއްވި އާންމު ވޯޓުގައި، އައްޑޫ ސިޓީ އާއި މާލޭ ސިޓީ ގައި ވޯޓުލީ ހުރިހާ މަރުކަޒެއް އެ ކޮމިޝަނުން މޮނިޓަރކޮށްފައިވާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވޯޓުނެގުމުގެ ކަންކަން މައިގަނޑު ގޮތެއްގައި ކުރިއަށް ގޮސްފައިވަނީ ޞުލްޙަވެރިކަމާއި އަމާންކަމާއި އޮމާންކަމާއެކުގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެކަން ކަށަވަރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރާ ކަމަށާއި އަދި އިލެކްޝަންސް ކޮމިޝަނަށް އެހީތެރިވެވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަދާކޮށްފައިވާ ދައުރާއި، ވޯޓުގައި ބައިވެރިވެ ވޯޓުދިނުމުގެ ޙައްޤު އަދާކުރި ހުރިހާ ފަރާތްތަކުން، ދިމިޤްރާތީ ރޫޙް ކުރިއަރުވައި ދެމެހެއްޓުމަށް ކުރި މަސައްކަތްތައް ވެސް ފާހަގަކުރާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ވޯޓުލުމުގެ އިންތިޒާމުތަކާއި ވޯޓު ނެގުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ގެންގޮސްފައިވަނީ ޖުމުލަގޮތެއްގައި ފުރިހަމަ އިންތިޒާމުތަކެއްގެ ތެރެއިން ކަން ފާހަގަ ކަމަށް އެ ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް، ވޯޓުލުން ކުރިޔަށް ދިޔަ ބައެއް މަރުކަޒުތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަދެ ނިކުމެވޭނޭ އިންތިޒާމް ހަމަޖެހިފައި ނެތްކަމާއި، ބައެއް މަރުކަޒުތަކުގައި އިދާރީ އިންތިޒާމުތައް ރަނގަޅުކުރަންޖެހޭކަން ވެސް އެ ކޮމިޝަނުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އައްޑޫ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫގެ ހުޅުދޫއާއި މީދޫ ރައްޔިތުންގެ އަޤުލަބިއްޔަތު ތާޢީދުކޮށްފައިވަނީ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށަށް ވަކި ދެ ރަށު ކައުންސިލް އުފެއްދުމަށެވެ. ނަމަވެސް ފޭދޫ މީހުންގެ އަޤުލަބިއްޔަތު ތާޢީދުކޮށްފައިވަނީ ސިޓީ ކައުންސިލާއެކު ދެމިތިބުމަށެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 9576 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 4513 މީހުންނެވެ.

ވޯޓު ދާއިމީ ނަތީޖާ އިޢުލާންކުރުން އޮންނާނީ މިއަދުގެ ވަގުތެއްގައެވެ. މި ވޯޓުގެ ދާއިމީ ނަތީޖާ އިއުލާންކުރުމާއެކު ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކައުންސިލްތައް ބަދަލުކުރުމުގެ މަސައްކަތް ފެށޭނެއެވެ.

އައްޑޫގެ ރަށްރަށުގެ މެދުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ވޯޓެއް ނެގީ ބައެއް ރަށްރަށުން މައި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިފައިވާތީއެވެ. ނަމަވެސް މި ވޯޓުގައި ސަރުކާރުން ވަކި ގޮތަކަށް ތާޢީދުކޮށް، ވަކާލާތުކޮށްފައެއް ނުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫސިޓީ ވޯޓުގެ ދާއިމީ ނަތީޖާ އިއުލާން ކޮއްފިޚަބަރު | 2 ގަޑިއިރު ކުރިންސިޓީ ކައުންސިލުން މީދޫއާއި ހުޅުދޫ ވަކިވާން ނިންމި ނިންމުން ފާހަގަކުރަން ހަވާ އަރުވަނީޚަބަރު | 6 ގަޑިއިރު ކުރިންއައްޑޫ ވޯޓުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ފުރިހަމަ އިންތިޒާމުތަކެއްގެ ތެރެއިން: އެޗްއާރުސީއެމްޚަބަރު | 6 ގަޑިއިރު ކުރިންވަގުތީ ނަތީޖާ: ފޭދޫއިން ބޭނުންވަނީ ވަކި ނުވުމަށް، ހުޅުދޫއާއި މީދޫން ބޭނުންވަނީ ވަކި ކައުންސިލެއްޚަބަރު | 21 ގަޑިއިރު ކުރިން