logo
Bank of Maldives

Bank of Maldives

ޚަބަރު

އަންހެނަކަށް ޖިންސީ އަނިޔާކޮށްފައިވާކަމަށް ތުހުމަތުކުރެވިގެން މައްސަލަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ނޮވެމްބަރު 2025 - 19:03
ފޮޓޯ: ސަން
ފޮޓޯ: ސަން

16 ނޮވެމްބަރ 2025 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މާލޭގެ މަގެއްމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދިނުމުން، އޭނާއަށް ޖިންސީ އަނިޔާ ދީފައިވާކަން އެނގިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، އެދުވަހުގެ ހަވީރު ފުލުހުންގެ އެހީތެރިކަމަށް އެދުނު 24 އަހަރުގެ ދިވެހި އަންހެނެއް، އޭނާގެ ހާލަތު ދެނެގަތުމަށްޓަކައި މާލޭގައި ހުންނަ އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ހޮސްޕިޓަލުން އެ އަންހެންމީހާ ބެލުމަށްފަހު، އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަމަށް ތުހުމަތު ކުރެވޭކަން އެދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް އަންގާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. އަދި އަނިޔާ ލިބިފައިވާ ފަރާތަށް ބޭނުންވާ ސިއްހީ ފަރުވާއާއި ސައިކޯސޯޝަލް އެހީތެރިކަން މިހާރުވެސް ދަނީ ފޯރުކޮށްދެމުންނެވެ.

ފުލުހުން ވަނީ މިފަދަ ހާދިސާތަކުގެ މައުލޫމާތު ފެތުރުމުގައި އެންމެހައި ފަރާތްތަކަށް އިލްތިމާސެއް ކޮށްފައެވެ. އެގޮތުން، ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާ ގުޅޭ މައުލޫމާތު ފެތުރުމުގައި، އެފަރާތްތައް އިތުރަށް ވިކްޓިމައިޒް ނުކުރުމަށާއި، އަނިޔާ ލިބުނު ފަރާތާއި އެ އާއިލާގެ އިހުސާސްތަކަށް ފުރިހަމައަށް އިހުތިރާމްކޮށް، އަދި އެފަރާތްތަކުގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް އަމަލުކުރުމަށް ވަނީ އެދިފައެވެ. މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ތަހުގީގަށްފަހު ހާމަކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންހެނަކަށް ޖިންސީ އަނިޔާކޮށްފައިވާކަމަށް ތުހުމަތުކުރެވިގެން މައްސަލަނީޚަބަރު | 3 ގަޑިއިރު ކުރިންދެ އަހަރުގެ ތެރޭގައި ގޭންގު ކުށްތައް 23 އިންސައްތަ ދަށްކޮށްފި ޚަބަރު | 17 ގަޑިއިރު ކުރިންދެ ކޮންޓެއިނަރު ތިލަފުށީގައި ނައްތާލައި ބާދަގަނޑަށް ކިރާލީ! ހައްޔަރުކުރީ އެކަމުގައި އިސްކޮށް އުޅުނު ބިދޭސީ މީހާޚަބަރު | ދުވަހެއް ކުރިންމިދިޔަ ހަފްތާގައި އެއްދުވަހެއްގެ ތެރޭ 13 އެކްސިޓެންޓް ހިނގާފައިވޭޚަބަރު | ދުވަހެއް ކުރިން