logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ ހަފްތާގައި އެއްދުވަހެއްގެ ތެރޭ 13 އެކްސިޓެންޓް ހިނގާފައިވޭ

އައިޝަތު ނަޝާ
16 ނޮވެމްބަރު 2025 - 12:59
މިދިޔަ ހަފްތާގައި އެއްދުވަހެއްގެ ތެރޭ 13 އެކްސިޓެންޓް ހިނގާފައިވޭ

މިދިޔަ ހަފްތާގައި ޖުމްލަ 54 އެކްސިޑެންޓް ހިނގާފައިވާއިރު، އޭގެ ތެރެއިން އެއް ދުވަސް މަތިން އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށް ފުލުހުން ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނޮވެމްބަރު 9 އިން 15އަށް ޖުމްލަ 54 އެކްސިޑެންޓް ހިނގާފައިވެއެވެ.އެއީ 9 ވަނަ ދުވަހު 12 އެކްސިޑެންޓް، އަދި 11 ވަނަ ދުވަހު 10 އެކްސިޑެންޓް، 13 ވަނަ ދުވަހު 8 އެކްސިޑެންޓް، 14 ވަނަ ދުވަހު ހަތަރު އެކްސިޑެންޓް ގެ އިތުރުން، 15 ވަނަ ހުވަހު ހަތަރު އެކްސިޑެންޓް ހިނގާފައިވާ ކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

 

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގައި އެންމެ ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓްތަކެވެ. އެފަދަ 15 އެކްސިޑެންޓެއް ހިނގާފައިވާއިރު، ސައިކަލާއި ސައިކަލާއި ޖެހިގެން 13 އެކްސިޑެންޓް ވަނީ ހިނގައިފައެވެ.

މި މުއްދަތުގައި އެންމެ ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލު ގަޑީގައެވެ. ދުވާލު 43 އެކްސިޑެންޓް ހިނގާފައިވާއިރު، ރޭގަނޑު ހިނގާފައިވަނީ 11 އެކްސިޑެންޓެވެ.

މިދިޔަ ހަފްތާގައި ހިނގި އެކްސިޑެންޓްތަކަށް ބަލާއިރު، ތިން މީހަކަށް ސީރިއަސް އަނިޔާ ވެފައިވާ ކަމަށާއި 51 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

އަދި މި މުއްދަތުގައި ހިނގި އެކްސިޑެންޓް ތަކުން 43 އުޅަނދަކަށް ވަނީ އެކި ވަރުގެ ގެއްލުން ވެފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ ކޮންޓެއިނަރު ތިލަފުށީގައި ނައްތާލައި ބާދަގަނޑަށް ކިރާލީ! ހައްޔަރުކުރީ އެކަމުގައި އިސްކޮށް އުޅުނު ބިދޭސީ މީހާޚަބަރު | 12 މިނިޓު ކުރިންމިދިޔަ ހަފްތާގައި އެއްދުވަހެއްގެ ތެރޭ 13 އެކްސިޓެންޓް ހިނގާފައިވޭޚަބަރު | 5 ގަޑިއިރު ކުރިންސިނގިރޭޓު ކޮންޓެއިނަރު ވަގަށްނެގުން: ބިދޭސީއަކު ހައްޔަރުކޮށްފިޚަބަރު | 13 ގަޑިއިރު ކުރިންކަނޑުމަގުން އެތެރެކުރި ޑްރަގް އަތުލައި 16 މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިން