logoEN
ޚަބަރު

ދަޢުވާތަކާއި، ބަންދު މުރާޖަޢާކުރުމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ

02 އޮކްޓޯބަރު 2024 - 15:10

މިހާރު ކޯޓަށް ހުށަހެޅިފައިވާ ދަޢުވާތަކާއި، ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ޕްރޮސިކިއުޓަރ ޖެނެރަލްގެ (ޕީޖީ) އޮފީހުން ހުޅުވާލައިފިއެވެ.

މި ފުރުޞަތު ހުޅުވާލާފައިވަނީ 1 އޮކްޓޫބަރު 2024 އިން ފެށިގެން 20 ދުވަހުގެ މުއްދަތަށެވެ.

ޕީޖީ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މުރާޖަޢާކުރުމަށް އެދި ހުށަހަޅާ ފޯމު ޕީޖީ އޮފީހާއި، އެ އޮފީހުގެ ގޮފިތަކުން އަދި ޕޮލިސް ސްޓޭޝަންތަކުންނާއި، ކަރެކްޝަނަލް ސަރވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން ލިބެން ހުންނާނެއެވެ.

މީގެ އިތުރުން ޕީޖީ އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑު ކުރެވޭނެއެވެ. އަދި ންލައިންކޮށް ފޯމު ހުށަހެޅުމުގެ އިންތިޒާމުވެސް ހަމަޖައްސާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މި ފުރުޞަތު ހުޅުވާލުމުގެ މަޤްޞަދަކީ އައު ޕީޖީ އައްބާސް ޝަރީފްގެ ތަސައްވުރާއި އެއްގޮތަށް ޢަދުލު އިންޞާފުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދަޢުވާތަކާއި ބަންދުތައް އަލުން މުރާޖަޢާކުރުމުގެ ފުރުޞަތު ދިނުމެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder