logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ، ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން މަޖިލީހުން ފާސްކޮށްފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
22 އޯގަސްޓު 2024 - 16:56
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް -- ފޮޓޯ/ ސަން
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް -- ފޮޓޯ/ ސަން

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ރައްޔިތުންގެ މަޖިލީހަށް ނުލިބޭ ކަމުގައި ބުނެ، ޕީޖީގެ މަގާމުން ހުސައިން ޝަމީމް ވަކިކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.

ޕީޖީގެ މަގާމުން ޝަމީމު ވަކިކުރުމަށް އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުން މިރޭ ޚާއްސަ ޖަލްސާއެއް ބޭއްވިއިރު، އެ ޖަލްސާ ކުރިއަށް ގެންދަވަނިކޮށް ޝަމީމް ވަނީ ޕީޖީގެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެން ނަމަވެސް އެ އިސްތިއުފާގެ ސިޓީ ރައްޔިތުންގެ މަޖިލީހަށް ރަސްމީކޮށް ނުލިބޭ ކަމުގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވިއެވެ.

އެކަމުގެ ތެރެއިން ޕީޖީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައިވާ ކަމުގައި މަޖިލީހަށް ނިސްބަތްވާ އިދިކޮޅު އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް ފާހަގަކުރަމުން ގެންދެވި ނަމަވެސް، ވަގުތުކޮޅެއް ނެންގެވުމަށް ފަހު މަޖިލީހުގެ ރިޔާސަތުން އިއުލާންކުރެއްވީ ޕީޖީގެ މަގާމުން ޝަމީމް އިސްތިއުފާދެއްވި ކަމުގެ ސިޓީ ރައްޔިތުންގެ މަޖިލީހަށް ލިބިފައިނުވާ ކަމަށެވެ.

އެއާއެކު، ޝަމީމް އެ މަގާމުން ވަކިކުރުމަށް ނެގުނު ވޯޓުގައި، ޕީޖީގެ މަގާމުން ޝަމީމް ވަކިކުރުމަށް ޖުމްލަ 65 މެންބަރަކު ވޯޓު ދެއްވިއެވެ. އޭނާ މަގާމުން ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.

ޝަމީމް މަގާމުން ވަކިކުރަން މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. އޭނާ ވަނީ ޝަމީމް ވަކިކުރަން ޖެހޭ އަށް ސަބަބެއް ބަޔާންކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ:

  • ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލި ޖިންސީ ގޯނާ ކުރުމުގެ ދައުރާ އަނބުރާ ގެންނަން ނިންމުމުގެ ސަބަބުގެ ތަފްސީލް
  • ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާ އަނބުރާ ގެންނަން ނިންމި ނިންމުމުގެ ތަފްސީލް
  • ވެންޓިލޭޓަރު މައްސަލާގައި ތުހުމަތު ކުރެވޭ މީހުނަށް ދައުވާ ނުކުރަން ނިންމި ނިންމުމުގެ ތަފްސީލް
  • ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން
  • ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު އެއް ޖިންސުން ގުޅުން ހިންގައި، މަސްތުވާތަކެތި ބޭނުންކޮށް، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި ކަމަށް އަމާޒުވި ތުހުމަތުތަކާއެކު ވެސް، އެ މައްސަލަތައް ބަލަން ދެކޮޅުހެދުން

 

ޝަމީމު ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވަނީ ކުރީގެ ސަރުކާރުގައި، 2019 ވަނަ އަހަރު، އޭރުގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ 74 މެންބަރުންގެ ޣައުލަބިއްޔަތުންނެވެ. މިރޭ ޝަމީމު މަގާމުން ވަކިކުރިއިރު، އެ މަގާމުގެ ދައުރު ހަމަވުމަށް ބާކީ އޮތީ އެންމެ ތިން މަސް ދުވަހެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައުދު، ކުށަށް އިއުތިރާފުވެއްޖެ؛ ހުކުމް ކުރުން އަންނަ ހަފްތާގައިޚަބަރު | 8 ގަޑިއިރު ކުރިން ޢަބްދުއްރަޙްމާން މަރާލި މައްސަލައިގައި ދައުވާކޮށްފި ޚަބަރު | 2 ދުވަސް ކުރިންސައީދުގެ 2 ވަނަ ޝަރީއަތް ފަށައިފިޚަބަރު | މަހެއް ކުރިންއެމް.އެމް.ޕީ.އާރު.ސީ ޚިޔާނާތުގެ އިތުރު މައްސަލައެއްގެ ތަޙްޤީޤު ނިންމައި ދަޢުވާކުރުމަށް ތައްޔާރުވެއްޖެޚަބަރު | 2 މަސް ކުރިން