logo
Bank of Maldives

Bank of Maldives

ޚަބަރު

އެމް.އެމް.ޕީ.އާރު.ސީ ޚިޔާނާތުގެ އިތުރު މައްސަލައެއްގެ ތަޙްޤީޤު ނިންމައި ދަޢުވާކުރުމަށް ތައްޔާރުވެއްޖެ

އާމިނަތު ޝަފާ
2 އޮކްޓޯބަރު 2025 - 13:09
އެމް.އެމް.ޕީ.އާރު.ސީ ޚިޔާނާތުގެ އިތުރު މައްސަލައެއްގެ ތަޙްޤީޤު ނިންމައި ދަޢުވާކުރުމަށް ތައްޔާރުވެއްޖެ

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ތަޙްޤީޤު ނިންމައި، ދަޢުވާކުރުމަށް ތައްޔާރުވެފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ފެނަކައިގެ ޚިޔާނާތުގެ މައްސަލަތަކަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޚާއްޞަ ސަމާލުކަމެއްދީގެން، އެ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަންގައި އެދިފައިވާ މައްސަލަތަކެއްކަމަށެވެ. އެގޮތުން ފެނަކައިގެ ތަހުގީގުތައް އަވަސްކޮށް އަންގާފައިވާ މުއްދަތުތަކުގެ ތެރޭގައި ރިޕޯޓުތައް ހުށަހެޅުމަށް އޭސީސީއަށް އަންގާފައިވާނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަމަ މިފަދައިން، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގައި، ވަކި ބައެއްގެ މައްޗަށް ދަޢުވާނުކުރުމަށް ނިންމާފައިވާ އެއްބަސްވުންތައް ބާޠިލްކޮށް، އެ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކޮށް، ޕީޖީ އޮފީހަށް ހުށަހެޅުމަށްވެސް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންގާފައިވާނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އަދި މި މައްސަލަތަކުގެ އެއްބަސްވުންތައް ރައްދުވާ މީހުންގެ މައްސަލަތަކުގެ ތަޙްޤީޤު ކުރިޔަށް ގޮސްފައިވާ ހިސާބު މި މަހުގެ 8 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އޭސީސީއަށް އަންގައި އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ތަޙްޤީޤު ނިންމައި، ދަޢުވާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި ދެ މައްސަލައިގައި ޕީޖީ އޮފީހަށާއި އެންޓި-ކޮރަޕްޝަން ކޮމިޝަންއަށް 24 ގަޑިއިރު އެހީތެރިކަން ލިބޭނޭ ގޮތަށް ކަންކަން މަގުފަހިކުރުމުގެ ބޭނުމުގައި، ޕްރޮސިކިއުޝަން ޓީމްތަކެއް އެކުލަވާލައިގެން މަސައްކަތްކުރަމުން އަންނަކަމަށް ޕީޖީ އޮފީހުންވަނީ ބުނެފައެވެ. އަދި މި މައްސަލަތަކުގައި ފުރިހަމަ ފިޔަވަޅު އެޅުމުގެ ގޮތުން، މި މައްސަލަތަކުން ނުޙައްޤު މަންފާ ލިބިފައިވާ އާންމު މީހުންގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ފުޅާ ތަޙްޤީޤެއް ކުރިޔަށް ގެންދިޔުމަށް އަންގާފައިވާނެކަމަށާއި މީގެ އިތުރުން، މި މައްސަލަތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ މަގުފަހިކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ.

ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާކުރުމުގެ މަސައްކަތް، އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދިއުމަށް އެ އޮފީހާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންގެންދާކަން ޕީޖީ އޮފީހުންވަނީ ފާހަގަކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައީދުގެ 2 ވަނަ ޝަރީއަތް ފަށައިފިޚަބަރު | 7 ދުވަސް ކުރިންއެމް.އެމް.ޕީ.އާރު.ސީ ޚިޔާނާތުގެ އިތުރު މައްސަލައެއްގެ ތަޙްޤީޤު ނިންމައި ދަޢުވާކުރުމަށް ތައްޔާރުވެއްޖެޚަބަރު | 21 ދުވަސް ކުރިންމާވަށުގައި މީހަކު މަރާލި މައްސަލަ: ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފި ޚަބަރު | މަހެއް ކުރިންމާވަށު މޫސަ މަރާލި މައްސަލަ: ދައުވާކުރުމަށް ޕީޖީއަށްޚަބަރު | މަހެއް ކުރިން