logo
Bank of Maldives

Bank of Maldives

ޚަބަރު

މާވަށުގައި މީހަކު މަރާލި މައްސަލަ: ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފި

އާމިނަތު ޝަފާ
25 ސެޕްޓެމްބަރު 2025 - 17:11
މާވަށުގައި މީހަކު މަރާލި މައްސަލަ: ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފި

ލ. މާވަށް / ނަލަހިޔާ، މޫސާ އިބްރާހީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މައްސަލައިގެ  ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅަފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ 28 ޖުލައި 2025 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ތޫނުއެއްޗަކުން ހަމަލާދީ ލ.މާވަށް، ނަލަހިޔާ، މޫސާ އިބްރާހީމް މަރާލާފައިވާ މައްސަލާގައި ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ހދ. ނޮޅިވަރަންފަރު / އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް (29އ) ގެ މައްޗަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޖުލައި 28 ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، މަޤްބޫލު ސަބަބެއް ނެތި ޢާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

ފުލުހުން މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.  

މި މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތަޙްޤީގާއި ޕްރޮސެކިއުޓް ކުރުމުގެ މަރުޙަލާ އަވަސްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން،  މި މައްސަލާގެ ތަޙްޤީގުގެ ފުރަތަމަ މަރުޙަލާއިން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރެވި ތަޙްޤީގުކުރުމުގެ ކަންކަން ކުރިޔަށް ގެންދެވި، ދަޢުވާ ކުރެވިފައިވާ މައްސަލައެއްކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.

މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 2025 ޖުލައި 28 ވަނަ ދުވަހުގެ 10:12 އެހައިކަންހާއިރުއެވެ. މި މާރާމާރީގައި އަނިޔާވި މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައީދުގެ 2 ވަނަ ޝަރީއަތް ފަށައިފިޚަބަރު | 7 ދުވަސް ކުރިންއެމް.އެމް.ޕީ.އާރު.ސީ ޚިޔާނާތުގެ އިތުރު މައްސަލައެއްގެ ތަޙްޤީޤު ނިންމައި ދަޢުވާކުރުމަށް ތައްޔާރުވެއްޖެޚަބަރު | 21 ދުވަސް ކުރިންމާވަށުގައި މީހަކު މަރާލި މައްސަލަ: ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފި ޚަބަރު | މަހެއް ކުރިންމާވަށު މޫސަ މަރާލި މައްސަލަ: ދައުވާކުރުމަށް ޕީޖީއަށްޚަބަރު | މަހެއް ކުރިން