މާވަށު މޫސަ މަރާލި މައްސަލަ: ދައުވާކުރުމަށް ޕީޖީއަށް
25 ސެޕްޓެމްބަރު 2025 - 08:54

ލ. މާވަށުގައި މިދިޔަ ޖުލައި މަހު ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލައިގެ ތަހުގީގު ނިންމައި، އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ދައުވާކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ޖުލައި 28 ވަނަ ދުވަހު މާވަށުގައި މަރާލީ އެ ރަށު، ނަލަހިޔާ މޫސާ އިބްރާހިމް 29އެވެ. މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. މި މައްސަލަ ޕްރޮސެކިއުޓަރ ޖެެނެރަލްގެ އޮފީހުން ވަނީ ބަލައިގެންފައެވެ.

Ad by Hajj Corporation
މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ހދ. ނޮޅިވަރަންފަރު / އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް 29 އަހަރުގެ މައްޗަށެވެ. ހައްޔަރުކޮށްފައިވަނީ ޖުލައި 28 ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 2025 ޖުލައި 28 ވަނަ ދުވަހުގެ 10:12 އެހައިކަންހާއިރުއެވެ.
މި މާރާމާރީގައި އަނިޔާވި މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.


