logo
Bank of Maldives

Bank of Maldives

ޚަބަރު

ފުލުހުންނަށް މަރުގެ އިންޒާރު ދިން މައްސަލައެއްގެ ތުހުމަތައް މީހަކު ހައްޔަރުކޮށްފި

އައިމިނަތު މޫސާ
21 އޮކްޓޯބަރު 2025 - 05:34
ފުލުހުންގެ މައި މަރުކަޒު
ފުލުހުންގެ މައި މަރުކަޒު

ފުލުހުންނަށް މަރުގެ އިންޒާރު ދިން މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާއަށްކުރާ ތުހުމަތުތަކުގެ ތެރޭގައި ބިރު ދެއްކުމާއި މަރުގެ އިންޒާރުދިނުން އަދި ހަޑިހުތުރު ބަސް ބޭނުންކުރުން ހިމެނެ އެވެ.

މި މައްސަލައިގައި ސީނަށް ދިޔަ ފުލުހުން ދިން ބަޔާނުގައި އޭނާ ފުލުހުންނަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ފަރާތުން ބުނެފައިވަނީ ހަމަނުޖެހުން ފެށިފައިވަނީ ފުލުހުން އަމަލުކުރި ގޮތުން ކަމަށާއި ފުލުހުންގެ ފަރާތުން ހަޑިހުތުރު ބަހުން އޭނާއާ މުއާމަލާތްކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި އޭނާ 16 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާއަކީ ހައްޔަރު އަދި ބަންދު ލޮގް އޮތް މީހެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް ގެ ބާވަތްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިޚަބަރު | 14 ގަޑިއިރު ކުރިންފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ޖަލު ތެރެއަށް ވެއްޓިގެން ފަރުވާ ދެނީޚަބަރު | 15 ގަޑިއިރު ކުރިންހުޅުމާލޭގައި ހުރި ބޭނުން ނުކުރާ އުޅަނދުތައް ނެގުމުގެ ޕްރޮގްރާމެއް ފަށައިފިޚަބަރު | ދުވަހެއް ކުރިންއޮޕަރޭޝަން އަލިމަގު: އައްޑޫއިން 10 ތަނެއް ބަލައި ފާސްކޮށް 10 މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން