logo
Bank of Maldives

Bank of Maldives

ޚަބަރު

ރަންނާޅިއާ ދިމާ ބޭރުން ފަތުރުވެރިން ތިބި ލޯންޗެއްގެ އިންޖީނު ހުއްޓިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
21 އޮކްޓޯބަރު 2025 - 14:24
ފޮޓޯ: މެރިން ޕޮލިސް
ފޮޓޯ: މެރިން ޕޮލިސް

އއ. މަހިބަދޫން މާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން މެރިން ޕޮލިހުން އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މެރިން ޕޮލިހުން މައުލޫމާތު ދިންގޮތުގައި މިއަދު މެންދުރުފަހު 15:49 ގައި އެ ލޯންޗްގެ އިންޖީނު ހުއްޓުނީ ކ. ރަންނާޅިއާއި 14 މޭލު ދުރުގައި އޮއްވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޖީނު ހުއްޓުނު އިރު އެ ލޯންޗުގައި 6 ފަތުރުވެރިންނާއި އެކު ފަޅުވެރިން ތިބިކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި ހާދިސާއާ ގުޅިގެން މެރިން ޕޮލިހުގެ އުޅަނދެއް ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ. އަދި އެ ލޯންޗަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް މެރިން ޕޮލިހުން ބުންޏެވެ.

ފުލުހުންގެ ފަރާތުން އިތުރަށް މައުލޫމާތު ދިންގޮތުގައި، އެ ލޯންޗުގައި ތިބި ފަތުރުވެރިންނާއި ފަޅުވެރިންގެ ހާލު ރަނގަޅެވެ. އަދި އެއްވެސް ފަރާތަކަށް ނުރައްކާވާ ފަދަ ކަމެއް ހިނގާފައި ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިރިއުޅޭ ކޮޓަރިން ޑްރަގް އަތުލައި މީހަކު ހައްޔަރުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންޗޮކްލެޓް ސިރަޕް ފުޅިތަކުގައި ރާއްޖެ އަށް ޑްރަގް އެތެރެކުރި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންމަކަރުން 50،000 އަށްވުރެ ގިނަ ރުފިޔާ އަތުލި މީހަކު ހައްޔަރުކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންޓިކްޓޮކް ލައިވްއެއްގައި، ތުއްތު ކުއްޖަކަށް އަނިޔާކުރާ އަޑު އިވިގެން ދިޔަ މައްސަލައެއްޚަބަރު | 10 ގަޑިއިރު ކުރިން