logo
Bank of Maldives

Bank of Maldives

ޚަބަރު

ސިނގިރޭޓް ބޮޑު ވައްކަން: ދެ ކޮންޓޭނަރުގެ ބައިތައް ހޯދައި އިތުރު މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 އޮކްޓޯބަރު 2025 - 02:42
ސިނގިރޭޓް ބޮޑު ވައްކަން: ދެ ކޮންޓޭނަރުގެ ބައިތައް ހޯދައި އިތުރު މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ބަނދަރުން ސިނގިރޭޓް ކޮންޓޭނަރުތައް ގެއްލުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މިއީ 52 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މި މައްސަލައާ ގުޅިގެން ތިލަފުށީގައި ހިންގި އޮޕަރޭޝަނެއްގައި ގެއްލުނު ދެ ކޮންޓޭނަރުގެ ބައިތައް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގެ ތަޙްޤީޤުގެ ތެރެއިން 19 އޮކްޓޯބަރު 2025 ގައި ތިލަފުށީގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި، ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކުރުމަށްފަހު ވަގަށް ނަގާފައިވާ ދެ ކޮންޓޭނަރުގެ ބައިތައް ވަނީ ފެނިފައެވެ.

މި މައްސަލައިގެ ތުހުމަތުގައި މީގެ ކުރިން ހައްޔަރުކޮށްފައިވަނީ ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ އިސް މުވައްޒަފަކު ހިމެނޭ ގޮތަށް ހަތަރު މީހުންނެވެ. އެއީ މއ. އެވަރގްލޯރީގެ އަޙްމަދު އާރިފް (61)، ދިގަލި، ބ. އޭދަފުށީގެ މުޙައްމަދު ވަޙީދު (65)، ހ. ނިއު ހެޕިނެސްގެ މުޢާޒު ޢަލީ (48) އަދި މެދުރީގެ، ހދ. ވައިކަރަދޫގެ ޒިވާރު އިސްމާޢީލް (40) އެވެ.

މި މައްސަލައަކީ 26 އެޕްރީލް 2025 ގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓޭނަރު ސިނގިރޭޓް، އެމްޕީއެލްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައެކެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 9 އޮކްޓޯބަރު 2025 ގައެވެ.

މި މައްސަލަ މިހާތަނަށް 12 މީހަކު ފުރުން ވެސް އޮތީ މަނާކޮށްފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ތަޙްޤީޤު ކުރިއަށްދާ މިންވަރަކުން ހާމަކުރަމުން ގެންދާނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިނގިރޭޓު ވައްކަމާ ގުޅިގެން ހައްޔަރުކުރި ފަސްވަނަ މީހާގެ ވަނަވަރު އާންމުކޮށް، ޝަރީއަތް ނިމެންދެން ބަންދަށްޚަބަރު | 2 ގަޑިއިރު ކުރިންސިނގިރޭޓް ބޮޑު ވައްކަން: ދެ ކޮންޓޭނަރުގެ ބައިތައް ހޯދައި އިތުރު މީހަކު ހައްޔަރުކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންރަންނާޅިއާ ދިމާ ބޭރުން ފަތުރުވެރިން ތިބި ލޯންޗެއްގެ އިންޖީނު ހުއްޓިއްޖެޚަބަރު | 19 ގަޑިއިރު ކުރިންފުލުހުންނަށް މަރުގެ އިންޒާރު ދިން މައްސަލައެއްގެ ތުހުމަތައް މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން